2025 ވަނަ އަހަރު ދަރިވަރު ނޫހުން ގެނެސްދިން ރިޕޯޓްތަކާއި ދަރިވަރުންގެ ވާހަކަތަކަށް ބަލާއިރު އެންމެ ކަމުދިޔައީ "ޓިއުޝަނަކާ ނުލައި 10 މާއްދާއިން އޭ ސްޓަރ ހޯދި ދާނިޝް އިބްރާހިމް ނަޖުމީގެ ވާހަކައެވެ.
އޯލެވެލްގައި 10 މާއްދާގައި ބައިވެރިވެ އެ ހުރިހާ މާއްދާއަކުން އޭ ސްޓަރ ހޯދި މަދު ދަރިވަރުންގެ ތެރެއިން އެކަކަށް އޭނާ ވާނެއެވެ. 2023-2024 ވަނަ ދިރާސީ އަހަރު އެ ސްކޫލުގައި އެނާ ކިޔެވީ ސައިންސް ސްޓްރީމެވެ. ބިޒްނަސް ސްޓްރީމުގައި ހިމެނޭ ބިޒްނަސް އާއި އެކައުންޓިންގ ކިޔެވީ އަމިއްލަ ގޮތުންނެވެ.
ދާނިޝްގެ އާއިލާގެ ތެރޭގައި ސާނަވީން ރަނގަޅު ނަތީޖާ ހޯދި ކުދިން ގިނައެވެ. އެ ހުރިހާ ކުދިން ވެސް އައީ ޒަމާންވީ އާއިލީ "ލެގަސީ"އެއް ދަމަހައްޓަމުންނެވެ. އެ އަޒުމުގައި މަސައްކަތް ފެށި ދާނިޝްއަށް އެންމެ ބޮޑު ޗެލަންޖަކަށް ދިމާވީ ދިވެހި މާއްދާއެވެ.
ދާމިސް ދެކޭގޮތުގައި ކިޔެވުމާއި އިތުރު ހަރަކާތް ޖެހޭނީ ބެލެންސް ކުރާށެވެ. އިސްކަންދަރު ސްކޫލުން ކިޔެވި އަށް މާއްދާއިން އޭ ސްޓަރ ހޯދުނީ އެ ސްކޫލުގެ މުދައްރިސުން ކޮށްދެއްވި ބުރަ މަސައްކަތުންނެވެ. ޓިއުޝަނަކަށް ނުގޮސް ކާމިޔާބު ހޯދުނީ އެ މުދައްރިސުން ކިޔަވައިދެއްވި ގޮތުންނާއި ރަނގަޅު ނަތީޖާއަކަށް އެދިގެން ކޮށްދެއްވި މަސައްކަތުންނެވެ. އެ ހުރިހާ މުދައްރިސުންނަށް އޭނާގެ ހިތުގައި އޮތީ އިޚްލާސްތެރި ޝުކުރެކެވެ. އެއާއެކު އޭނާގެ ހުރިހާ ކަމެއްގައި ވެސް އަބަދުވެސް އެންމެ ކައިރީގައި ތިބެނީ މައިންބަފައިން ކަމަށެވެ. ކިޔެވުމުގައި ގުޅޭ ކޮންމެ އެއްޗެއް ވެސް ހޯދައިދިނުމަށް މައިންބަފައިން ފަސްނުޖެހޭނެ ކަމަށާއި އެއާއެކު ނަތީޖާ ނެރެން ބާރުއަޅަމުން ވެސް ގެންދިޔަ ކަމަށެވެ.
ދެވަނައަށް އެންމެ ކަމުދިޔައީ ސިހުރުގެ ވޭނާއި ހޫނަށްފަހު އޯލެވެލްއިން އެއްވަނަ ހޯދި މަރިޔަމް ލައިސާގެ ވާހަކައެވެ.
ހއ. ބާރަށު ސްކޫލުގެ ގުރޭޑް އެކަކުން ނުވައަކަށް ދިޔައިރު ވެސް އެ ސްކޫލުގެ މަރިޔަމް ލައިސާ ޞަފްޢަތަކީ ދަރިވަރުންނާއި މުދައްރިސުންގެ ތެރޭގައި ވެސް ހުރިހާ ގޮތަކުން ވެސް އެންމެ ހިނގާނަމެވެ. ހުރިހާ ހަރަކާތެއްގައި ބައިވެރިވެއެވެ. ކިޔެވުމަށް އިސްކަންދެއެވެ. މަދު މާއްދާއެއް ފިޔަވައި ހުރިހާ މާއްދާތަކުން އޭ ސްޓަރ އަބަދުވެސް ހޯދައެވެ. ގުރޭޑް 9ގައި ޑެޕިއުޓީ ކެޕްޓަންކަމަށް ވާދަކޮށް އިންތިޚާބުން ބަލިވިނަމަވެސް ، ކިޔެވުމަށް އިތުރަށް ކުރި ބުރަމަސައްކަތާ އެކު، ޖެހިގެން އައި އަހަރު އެއީ އެ ސްކޫލުގެ ފަޚުރުވެރި ކެޕްޓަނެވެ. ސްކޫލުގެ ޕްރިންސިޕަލުގެ ބަހުންނަމަ އެއީ އެ ސްކޫލުގެ ކްރީމް އޮފް ކްރީމެވެ. އޯލެވެލްއިން އެ ސްކޫލަށް ފަޚުރުވެރި ވަނައެއް ހޯދައިދޭނެ ދަރިވަރެކެވެ. އެހެން ނަމަވެސް ސިހުރުގެ ކަންތައްތަކެއްގެ ތެރޭގައި ތާށިވީއެވެ. ވޭނާއި ކެކުޅުމުގެ ތެރެއިން އަރައިގަނެވުނީ ރަށްދޫކޮށް މާލެ ބަދަލުވި ފަހުންނެވެ. އޭގެ ފަހުން އައު ހިތްވަރެއްލައި ރެހެންދި ސްކޫލުން އޯލެވެލް ނިންމީ އަށް މާއްދާއިން އޭ ސްޓަރ ހޯދައި ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދައިގެންނެވެ.
ސިހުރުގެ ވޭނާއި ހޫނަށްފަހު ލައިސާ ހޯދީ އޯލެވެލްއިން އެއްވަނަ
ގޮހޮރުގެ ބައްޔަކަށް ފަރުވާ ހޯދަމުންދާ ޒަލަފަށް އެހީވާން އޭނާގެ ކުލާސްކުދިން ނުކުތް ވާހަކައަކީ ވެސް ފާއިތުވި އަހަރު ގިނަ ބައެއްގެ ސަމާލުކަން ލިބުނު ޚަބަރެކެވެ.
ގޮހޮރުގެ ބައްޔަކަށް ފަރުވާ ހޯދަމުންދާ ޒަލަފަށް އެހީވާން ނުކުތީ ކުލާސްކުދިން
އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ގެނެސްދިން މި ޚަބަރުގައި، ގޮހޮރުގެ ބައްޔަކަށް ފަރުވާ ހޯދަމުންދާ އަޙްމަދު ޒަލަފް އިބްރާހީމަށް އެހީވާން ނުކުތް އޭނާއާއެކު ގުރޭޑް ގައި ކިޔަވަމުންދާ މުކުރިމަގު ސްކޫލުގެ ދަރިވަރުން އިސްނަގައިގެން ހިންގި ހަރަކާތުން 61،741 ރުފިޔާ އާއި 40 ޑޮލަރު ހޯދިވާހަކަ ގެނެސްދީފައިވެއެވެ. އެފައިސާ ހަވާލު ކުރީ ޒަލަފުގެ އާއިލާއާއެވެ.
advertisment
ހިޔާލު