ހިރިޔާގެ ޑެޕިއުޓީ ޕްރިންސިޕް ރާފިއު މާލެ ވޮކޭޝަނަލް ހައި ސްކޫލުގެ ޕްރިންސިޕަލަކަށް

ހިރިޔާ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕް ރާފިއު ޖަމީލު މާލެ ވޮކޭޝަނަލް ހައި ސްކޫލުގެ ޕްރިންސިޕަލަކަށް ހަމަޖައްސިފިއެވެ. ރާފިއު މިއަދު ވަނީ އެ ސްކޫލުގެ މަސައްކަތަށް މިއަދު ނުކުންނަވާފައެވެ.

ރާފިއުއަކީ ޕްރިންސުޕަލުން ތަމްރީނު ކުރުމަށް އެންމެ ފަހުން ސަރުކާރުން ހިންގި ޕްރޮގްރާމުގެ ދަށުން ދަސްވެނިވި ބައިވެރިންގެ ތެރެއިން އެއްބައިވެރިއެކެވެ.

ތަޢުލީމީ ދާއިރާގައި ރާފިއު މަސައްކަތް ކުރައްވަން ފެއްޓެވީ 2007 ވަނަ އަހަރު އައްޑޫ އިސްލާމިއްޔާ ސްކޫލުގެ ޓީޗަރެއްގެ ގޮތުގައެވެ. އިސްމާމިއްޔާ ސްކޫލަކީ މިހާރުގެ އައްޑޫ ހައި ސްކޫލެވެ. އައްޑޫ ހައި ސްކޫލުގެ ލީޑިންގ ޓީޗަރެއްގެ ގޮތުގައި އަށް އަހަރު، އަދި ޑެޕިއުޓީ ޕްރިންސިޕަލެއްގެ ގޮތުން ދޮޅު އަހަރެއްހާ ދުވަހު ރާފިއު ވަނީ މަސައްކަތް ކުރައްވާފައެވެ.

ޕްރިންސިޕަލެއްގެ ގޮތުން އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ފުވައްމުލައް ހާފިޒު އަޙްމަދު ސްކޫލުގައެވެ. އޭގެ ފަހުން މަސައްކަތް ކުރެއްވީ ވ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

ހިރިޔާ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލެއްގެ ގޮތުން ރާފިއު މަސައްކަތް ކުރައްވަން ފެއްޓެވީ މިދިޔަ އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *