ހުރަވީ ސްކޫލުގެ ދަރިވަރުންގެ އާޓްއެގްޒިބިޝަން ބާއްވައިފިއެވެ. އިއްޔެ ހުޅުވި މި އެގްޒިބިޝަން މިރޭ 8:00 އާ ހަމައަށް ކުރިއަށް ގެންދިޔައެވެ.
ހުރަވީ ސްކޫލުގެ ދަރިވަރުންގެ ކުރެހުމުގެ ހުނަރުތައް ދައްކާލުމަށް ކުރިއަށް ގެންދިޔަ މި އެގްޒިބިޝަން ހުޅުވައި ދެއްވީ، ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީގެ ޕްރިންސިޕަލް ޒުހުދުލް ހައްޤެވެ.

މި އެގްޒަބިޝަންގައި ހުރަވީ ސްކޫލުގެ ގުރޭޑް 1ން 9ގައި ކިޔަވަމުންދާ ދަރިވަރުންނާއި ހުރަވީގެ "ހީރާ" ދަރިވަރުންގެ ކުރެހުންތައް ބައިވެރިކޮށްފައިވެއެވެ.

ހުރަވީ ސްކޫލުން ބުނީ، މި އެގްޒިބިޝަންގައި ބައިވެރިކުރި ކުރެހުންތަކުން ދަރިވަރުންގެ އުފެއްދުންތެރި ޚިޔާލާއި ފަންނުވެރިކަން ފެނިގެން ދިޔަކަމަށެވެ.
advertisment
ހިޔާލު