އަމާޒަކީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމްއިން ކުރިޔަށްގެންދާ "އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓަރލެކްޗުއަލް އެޑްވާންސްމަންޓް" (އައިސީއައިއޭ) ބައިނަލްއަޤުވާމީ ގޮތުން ފުޅާކުރުން ކަމަށް އައިޔޫއެމްގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ.މަރިޔަމް ޝަރީފާ ވިދާޅުވެއްޖެއެވެ.
އައިސީއައިއޭ މަހާސިންތާ ނިންމުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޢިލްމުވެރިން ބައިވެރިވި މި މަހާސިންތާގައި އެކި ދާއިރާތަކުން ބައިވެރިންނަށް ތަފާތު މަޢުލޫމާތުތައް ޙިއްސާކޮށްފައިވާ ކަމަށެވެ. އަހަރަކަށްވުރެ އަހަރެއް އައިސީއައިގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އައިސީއައިއޭއަކީ މަޢުލޫމާތުގެ ގޮތުން މުއްސަނދި ކޮންފަރެންސަކަށް ހެދުމަކީ ތަޞައްވުރެއްކަމަށެވެ. ރަނގަޅު އަޒުމަކާއިއެކު ފާއިތުވި އަހަރުތަކުގައި ކުރި މަސައްކަތުގެ ސަބަބުން މި މަހާސިންތާއަކީ އާއްމުން ބަލައިގަންނަ ކޮންފަރެންސްއަކަށް މިހާރުވެސް ވެފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
"މަސައްކަތްކުރަނީ މަސައްކަތްތައް ފުޅާކޮށް، އައިސީއައިއޭގެ ފެންވަރު ރަނގަޅު ކުރުމަށް. އަހަރަކަށްވުރެ އަހަރެއް ކޮންފަރެންސް ކުރިއެރުވުމަށް." އެސިސްޓެންޓް ޕްރޮފެސަރ ޑރ.މަރިޔަމް ޝަރީފާ ވިދާޅުވިއެވެ.

މި ކޮންފަރެންސަކީ ވީހާވެސް ފުޅާދާއިރާއެއްގައި ޢިލްމު ހޯދައިދިނުމަށް ފުރުސަތުތައް ފަހިކޮށްދީ، އެ ފަރާތްތަކަށް ހިތްވަރު ދިނުމުގެ މަޤުސަދުގައި ކުރިއަށްގެންދާ ކޮންފަރެންސެކެވެ.
އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް، އައިސީއައިއޭއަކީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމްގެ ސެންޓަރ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަނުން އިންތިޒާމު ކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބައިނަލްއަޤުވާމީ މަހާސިންތާއެކެވެ. މި ކޮންފަރެންސް މިއަހަރު ބާއްވާފައިވަނީ، މި މަހުގެ 30އިން 31އަށެވެ.
މިކޮންފަރެންސްގައި އެކި ދާއިރާތަކުން ރިސާޗް ޕޭޕަރތައް ހުށަހަޅާފައިވާއިރު، ބައިވެރިންނަށް އެކި ދާއިރާތަކުން އެވޯޑް ދީފައިވެއެވެ. އޭގެތެރޭގައި
ފުލް ޕޭޕަރ ކެޓަގަރީން އެންމެ ރަނގަޅު ދިރާސާ ކަރުދާހަށް ދޭ އެވޯޑާއި، މަހާސިންތާގައި ހުށަހަޅައިދޭ އެންމެ ފާހަގަކޮށްލެވޭ ހުށަހެޅުމަށް ދޭ އެވޯޑް އަދި އައިޔޫއެމް ޑީންސް ރިސާޗް އެޑްވޮކަސީ އެވޯޑު ފާހަގަކޮށްލެވެއެވެ.
advertisment
ހިޔާލު