މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި ބޭއްވުނު އޭޝިއާ ގްރެޖުއޭޓް ސަމިޓް 2026 ގައި "ބެސްޓް ޕޭޕަރ އެވޯޑް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރު، އާއިޝަތު ރިހުލާއަށް ލިބިއްޖެއެވެ.

ރިހުލާއަށް މަރުހަބާ ކިޔަވައި، އައިޔޫއެމްއިން ކުރި ބުނެފައިވަނީ، އޭނާގެ ބުރަ މަސައްކަތާއި، އައު ހޯދުންތަކާއި، ކަންކަމަށް ބެހެއްޓި ފަރުވާތެރިކަމުގެ ފޮނި ނަތީޖާ ބައިނަލްއަގުވާމީ މައިދާނެއްގައި މިވަނީ ސާބިތުކޮށްދީފައެވެ. އޭނާގެ ތައުލީމީ ގާބިލުކަން މުޅި ދުނިޔެ ބަލައިގެންފައިވާ ކަމަށެވެ.

އޮގަސްޓް މަހުގެ 27 އަދި 28އަށް ކުރިއަށް ގެންދިޔަ މި ސަމިޓްގައި އައިޔޫއެމްގައި ޕީއެޗްޑީއަށް ކިޔަވަމުން އަންނަ ތިން ދަރިވަރުން ބައިވެރިވިއެވެ.
ދަރިވަރުންނަށް ބައިނަލްއަޤްވާމީ މައިދާންތަކުގައި ފުރުޞަތު ހޯދައިދީ، ބައިނަލްއަޤްވާމީ ޕޯސްޓްގްރެޖުއޭޓް މުޖުތަމަޢުތަކާ ގުޅިގެން އެކުދިންގެ އިލްމާއި ދިރާސާކުރުމުގެ ހުނަރުތައް ތަރައްޤީކުރުމަށް މަގުފަހިކޮށްދިނުމަށް އިސްކަންދޭ ކަމަށް އައިޔޫއެމްއިން ބުނެއެވެ.
advertisment
ހިޔާލު