އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން 2024- 2025 ވަނަ ދިރާސީ އަހަރު ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރުންނަށް މުޙައްމަދު ޔާނިޝް އާއި އަޙްމަދު ރައްޔާން މުޙައްމަދު އަނީސް ހޮވައިފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ޕީ.އީ. ހޯލް ގައި އިއްޔެ ބޭއްވި އަޙްމަދިއްޔާގެ މިއަހަރުގެ އިނާމު ދިނުމުގެ ހަފްލާގައި ހުރިހާގޮތަކުން އެންމެ ރަނގަޅު ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހްމާން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯ، އޮނަރަބަލް ޢަބްދުﷲ ނާޒިމް އިބްރާހީމެވެ.

މިއަހަރު އަޙްމަދިއްޔާގެ 11 ސީ ގައި ކިޔަވަމުންދާ ޔާނިޝް އަކީ 2024-2025 ވަނަ އަހަރުގެ ސްކޫލްގެ ސާނަވީ ފިރިހެން ކެޕްޓަނެވެ.

ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދެވަނަ ދަރިވަރަކަށް ހޮވުނީ، 10އޭ ގެ ފާޠިމަތި ޖައިޝާ އާސިމެވެ. ޖައިޝާ އަކީ 2024-2025 ވަނަ އަހަރުގެ ސްކޫލްގެ ސާނަވީ އަންހެން ކެޕްޓަނެވެ.

ހުރިހާ ގޮތަކުން އެންމެ ރަނގަޅު ތިންވަނަ ދަރިވަރަކަށް ހޮވުނީ، 10އީގެ މުޙައްމަދު ޒީކް ޝިހާމެވެ. ޒީކް އަކީ 2024-2025 ވަނަ އަހަރުގެ ސްކޫލްގެ ޗާނދަނީ ހައުސް ގެ ކެޕްޓަނެވެ.
އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން އޯލެވެލް ގަދަ 10ގައި މިދިޔަ އަހަރު 95 ދަރިވަރުން ހިމެނުނެވެ.

،މަތީ ސާނަވީން އެއްވަނަ ހޯދި ރައްޔާނަކީ، މީގެ 2 އަހަރުކުރިން ސާނަވީ ބައިން ވެސް ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރެއެވެ. ރައްޔާނަކީ، 2025 ވަނަ އަހަރުގެ ސްކޫލްގެ މަތީ ސާނަވީ ފިރިހެން ޑެޕިޔުޓީ ކެޕްޓަނެވެ.
ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދެވަނަ ދަރިވަރަކަށް ހޮވުނީ، 12ޖީ ގެ ޝުޢާއު އިސްމާޢީލް ޝާން އެވެ. ޝުޢާއުއަކީ 2025 ވަނަ އަހަރުގެ ސްކޫލްގެ މަތީ ސާނަވީ އަންހެން ކެޕްޓަނެވެ.

ހުރިހާ ގޮތަކުން އެންމެ ރަނގަޅު ތިންވަނަ ދަރިވަރަކަށް ހޮވުނީ، ފާޠިމަތު މަލީހާ ޝިހާމެވެ.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން އޭލެވެލް ގަދަ 10ގައި މިދިޔަ އަހަރު 75 ދަރިވަރުން ހިމެނުނެވެ.
advertisment
ހިޔާލު