އިހަވަންދޫ ސްކޫލުން އެއްނަ ޢިޝާ އާއި ޝައިހާއަށް

އިހަވަންދޫ ސްކޫލުން އެއްވަނަ ހޯދި ޢީޝާ އާއި ޝައިހާ- ފޮޓޯ: އިހަވަންދޫ ލައިވް

2024-2025 ވަނަ އަހަރު އިހަވަންދޫ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް އާމިނަތު އިޝާ އިޝާލް ޢަދުނާން މުޙައްމަދާއި ފާތިމަތު ޝައިހާ އަބުދުލް ސައްތާރު ހޮވައިފިއެވެ.

އިޝާއަށް އެންމެ މޮޅު ދަރިވަރަށް ހޮވުނީމ ސާނަވީންނެވެ. މަތީ ސާނަވީން އެންމެ މޮޅު ދަރިވަރަކީ ޝައިހާއެވެ.

އިހަވަންދޫ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް  ސްކިލްސް ޑިވެލޮޕްމެންޓްގެ ޕާމަނަންޓް ސެކެރެޓަރީ ޝިފާޒް މުހައްމަދުއެވެ.

ސާނަވީން އެއްވަނަ ހޯދި އިޝާގެ އުއްމީދަކީ މަތީ ސާނަވީން ވެސް އެއްވަނަ ހޯދާ ސްކޮލަރޝިޕެއްގެ ދަށުން ކިޔަވައިގެން ޑޮކްޓަރަކަށްވުމެވެ.

މަތީ ސާނަވީން އެއްވަނަ ހޯދި ޝައިހާ ވަނީ 2022 ވަނަ އަހަރު ސާނަވީން އެންމެ މޮޅު ދަރިވަރުގެ މަޤާމް ހޯދާފައެވެ.

ޝައިހާ ބުނީ، އޭނާގެ ކާމިޔާބީ ލިބުނީ، ކަންކަން ފަސްނުކޮށް ބަހާލައިގެން ރޭވުންތެރިކަމާއެކު މަސައްކަތް ކުރުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. އޭނާ ދަނީ މިހާރު ސަންވޭ ކޮލެޖުގައި އެކައުންޓިންގ ދާއިރާއިން ކިޔަވަމުންނެވެ.

2024 ވަނަ ދިރާސީ އަހަރު ތަޢުލީމީ ގޮތުން އެންމެ ރަނގަޅު ގާލް ގައިޑަކަށް ހޮވިފައިވަނީ އައިޝަތު ސުމާ އަލީއެވެ. އެންމެ ރަނގަޅު ސްކައުޓަކަށް ހޮވިފައިވަނީ ޒައްމަތު ޒޭބާ ޒިރާނެވެ. ތަޢުލީމީ ގޮތުން އެންމެ ރަނގަޅު ކެޑޭޓަކަށް ހޮވިފައިވަނީ ފާތިމަތު ދުންޏާ ހަލީމެވެ. އެންމެ ކެޑޭޓަކަށް ހޮވިފައިވަނީ އަޒާން ދާއޫދު މުހައްމަދު އާމިރެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *