އައިޖީއެމްއެޗްގެ މެޑިކަލް އިންޓަރންޝިޕްގެ 13ވަނަ ބުރަށް ހުޅުވާލައިފިއެވެ. މި ފަހަރު ހުޅުވާލީ 24 ޖާގައަށެވެ. އިންޓަރންޝިޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ ސެޕްޓެންބަރު މަހުގެ 24ވަނަ ދުވަހުގެ 12:00ގެ ނިޔަލަށެވެ.
1 އަހަރު ދުވަހުގެ އިންޓަރންޝިޕްގެ ދަށުން ޑޮކްޓަރީކަން ކިޔެވުމަށްފަހު ރަސްމީކޮށް ވަޒީފާއާއި ގުޅުމުގެ ކުރިން ހޯދަން ޖެހޭ ތަމްރީނަށް ޚާއްޞަކޮށްގެން އެ ހޮސްޕިޓަލުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން މި ފަހަރު ދޭން ނިންމާފައިވާ 24 ޖާގައަށްވުރެ އިތުރަށް ކުރިމަތިލައިފިނަމަ ޖާގަ ދޫކުރާނީ އެމްބީބީއެސް ފުރިހަމަ ކޮށްފައިވާ ތާރީހަށް ބަލައި، ކޯސް ފުރިހަމަ ކުރިފަހުން ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށް އިސްކަންދޭ ތަރުތީބުންނެވެ.
އައިޖީއެމްއެޗުން ކުރި އިއުލާނުގައި ބުނެފައި ވަނީ، އިންޓަރންޝިޕް އަށް އެދި ހުށަހެޅުމުގެ ޝަރުތު ތަކުގެ ތެރޭގައި ހިމެނެނީ،- މެޑިކަލް ކޮލެޖް/ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުމާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތުމުގެ އިތުރުން ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތުމެވެ.
ފޯމާއެކު ހުށައަޅަންޖެހޭ ތަކެތީގެ ތެރޭގައި މެޑިކަލް ކޮލެޖު ނުވަތަ ޔުނިވަރސީޓީއިން ދޫކޮށްފަވާ އެމްބީބީއެސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށް އޭގެ އެޓެސްޓް ލިޔުން ހުށައަޅަންޖެހޭނެއެވެ. އަދި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއިން ދޫކޮށްފައިވާ ލިޔުމުގެ އެޓެސްޓްވެސް ހުށައަޅަންޖެހޭނެއެވެ. މީގެއިތުރުންވެސް އަސާސީ އެހެނިހެން ލިޔެކިޔުންތައް ހިމެނެއެވެ.
މެޑިކަލް އިންޓަރންޝިޕް ހެދުމުގެ ފުރުޞަތު ރާއްޖޭގައި ހުރިހާ ހޮސްޕިޓަލްތަކުން ވެސް ދެއެވެ.
advertisment
ހިޔާލު