ބ. އޭއީސީން އެއްވަނަ ދަރިވަރުންނަށް އައިފާ އާއި ޒައިނޫން

މިދިޔަ އަހަރު ބ. އަތޮޅު ތައުލީމީ މަރުކަޒުން އެންމެ މޮޅު ދަރިވަރުންނަށް އައިފާ އިބްރާހީމް ރަޝީދު އާއި އަޙްމަދު ޒައިނޫން ޢަބްދުލްޙަލީމް ހޮވައިފިއެވެ.

ހުކުރު ދުވަހު އެ ސްކޫލް ހޯލުގައި ބޭއްވި ބ. އޭއީސީގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް، އަލްއުސްތާޛު މުޙައްމަދު މުޖުތާޒެވެ.

ސާނަވީ ބައިން އެއްވަނަ ހޯދި ޒައިނޫން ވަނީ ހަތަރު މާއްދާއިން އޭ ސްޓާ، ހަތަރު މާއްދާއިން އޭ ހޯދާފައެވެ. އަދި އޭނާއަށް، ގައުމީ ގަދަ ދިހައެއްގެ ފަސް ވަނަ ލިބިފައިވެއެވެ.

މަތީ ސާނަވީ އިން އެއްވަނަ ހޯދި އައިފާއަށް، ގައުމީ ގަދަ ދިހައެއްގެ ހަތް ވަނަ ލިބުނީ، ހަތަރު މާއްދާއިން އޭ ސްޓާ، އެއް މާއްދާއިން ބީއެއް ލިބުމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *