ޖަޕާން ސަރުކާރުގެ ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް (ޖޭޑީއެސް)އިން އަންނަ އަހަރު ރާއްޖެއަށް ދޭ ސްކޯލަރޝިޕް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. 2020 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މިސްކޮލަރޝިޕްގެ މުއްދަތު މި އަހަރު ހަމަވާއިރު، މިއަދު ސޮއިކުރި އެއްބަސްވުމާއެކު ސްކޮލަރޝިޕް އަންނަ އަހަރު ފަހިވެގެންދާނެއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ޖޭޑީއެސް ސްކޮލަރޝިޕް އެއްބަސްވުމުގައި ޖައިކާގެ ފަރާތުން ސޮއިކުރެއްވީ، ޖައިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެސިޑެންޓް ރެޕްރެސެންޓެޓިވް ޓަކި މޮޓޫއެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢުއެވެ.
ޖޭޑީއެސް ސްކޮލަރޝިޕްގެ ދަށުން، ޖަޕާނުގެ އެންމެ ފެންވަރު ރަނގަޅު ތިން ޔުނިވަރސިޓީއެއްގައި މާސްޓަރސް ފެންވަރަށް ސިވިލް ސާވިސް މުވައްޒަފުންނަށް ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްޤީ ކުރުމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޝަފީޢު ވިދާޅުވިއެވެ.
ޖޭޑީއެސް ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން ޕަބްލިކް ޕޮލިސީއާއި އިންޓަރނޭޝަނަލް ރިލޭޝަންސްގެ އިތުރުން އެންވަރަމެންޓަލް މެނޭޖްމަންޓްގެ ދާއިރާއިން ކިޔެވުމުގެ ފުރުޞަތު ލިބޭއިރު، މި ސްކޮލަރޝިޕްތަކަށް ޖަޕާން ސަރުކާރުން އެއް މިލިއަން ޑޮލަރު (152 މިލިއަން ޔެން) ޚަދަރުކުރާނެއެވެ.
ޖޭޑީއެސް ސްކޮލަރޝިޕްގެ ދަށުން 2020 ވަނަ އަހަރުން ފެށިގެން މިހާތަނަށް 36 ފުރުޞަތެއް ލިބިފައިވެއެވެ. މިހާރު ވެސް ޖަޕާނުގެ ޔުނިވަރސިޓީތަކުގައި 9 ދަރިވަރުން ޖޭޑީއެސް ސްކޮލަރޝިޕްގެ ދަށުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު