ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ބައިނަލްއަޤްވާމީ ރިސަރޗް ކޮންފަރެންސް އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ) އަށް ސްޕޮންސަރ ދޭން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
މިކަން އިއުލާން ކުރެއްވީ މިއަދު ފެށި ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވައި، ް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.
އައިޔޫއެމްގެ ވައިސް ޗާންސެލަރުކަން ވެސް ކުރެއްވި ޑރ. ޝަހީމް ވަނީ، އެ ޔުނިވަރސިޓީން ބާއްވަމުން އަންނަ ކޮންފަރެންސްގެ ކާމިޔާބީއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. 2016 ވަނަ އަހަރު ފެށިގެން ބާއްވަމުން އަންނަ މި ކޮންފަރެންސް ބާއްވާ މިއީ 11 ވަނަ އަހަރެވެ.
ވަޒީޒު ވިދާޅުވީ، ޔުނިވަރސިޓީއެއްގެ މަޤްޞަދަކީ ހަމައެކަނި ކިޔަވައިދިނުން ނޫން ކަމަށެވެ. މުޖްތަމައަށް ޚިދުމަތް ކުރުމާއި އިލްމީ އައު ހޯދުންތަކާއި ދިރާސާތައް ކުރުމަކީ ވެސް އައިޔޫއެމްގެ މުހިންމު މަސައްކަތްތަކެއްކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
"ކޮންމެ އަހަރަކުމެ، އެއްދުވަހުން އަނެއް ދުވަހަށް އައިސީއައިއޭ ކޮންފަރެންސުން ހޯދަމުންދާ ނަތީޖާއާ މެދު އަޅުގަނޑު އުފާކުރަން. އެކަމަށް ހިތްވަރުދެން" ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
އައިސީއައިއޭ ކޮންފަރެންސަށް މި އަހަރު އެ މިނިސްޓްރީން ސްޕޮންސަރ ދިން ގޮތަށް، މި އަހަރުން ފެށިގެން ދެން ކޮންމެ އަހަރަކު ދޭނެކަން ޑރ. ޝަހީމް ވަނި އިއުލާން ކުރައްވާފައެވެ. ވަޒީރު ވިދާޅުވީ އެކަން ކުރައްވަނީ، އެއީ އައިޔޫއެމްގެ ރިސަރޗް ސެންޓަރުން ކުރަމުންދާ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.
ވަޒީރު ވިދާޅުވީ، އިލްމީ ގޮތުން އިންސާނިއްޔަތު ބިނާކުރުމަކީ އެއީ މަތިވެރި ވާޖިބެއް، މަސްއޫލިއްޔަތެއް ކަމަށެވެ.
އެއް ހަޟާރަތުން އަނެއް ހަޟާރަތަށް ވާޞިލްކޮށްދިނުމުގައި މެދުވެރިކުރައްވަނީ އިލްމް ކަމަށާއި ދެމެހެއްޓެނިވި ގޮތުގެ މަތިން އުނގަންނައި ދިނުމުގެ ނިއުމަތް އަޅުގަނޑުމެންގެ މުޖްތަމުގައި ދެމެހެއްޓުމަކީ އެއީ ވަރަށް ވެސް ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ.
advertisment
ހިޔާލު