އައިސީއައިއޭއަށް މި އަހަރު 167 ކަރުދާސް ހުށައަޅާފައިވާއިރު އޭގެތެރެއިން 83 ކަރުދާސް ހުށައަޅާފައި ވަނީ ރާއްޖެއިން ބޭރުގެ ފަރާތްތަކުން. ކޮންފަރެންސްގައި 473 ފަރާތުން ބައިވެރިވާއިރު، އޭގެތެރޭގައި ހިމެނެނީ 18 ގައުމެއްގެ 53 ފަރާތެއް.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ބައިނަލްއަޤްވާމީ ރިސަރޗް ކޮންފަރެންސް އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ) މިއަދު ފަށައިފިއެވެ.
މި ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވީ އިސްކާމީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.
އައިސީއައިއޭގައި މި އަހަރު ޚާއްޞަ ކީނޯޓް މުގައްރިރުންތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، އިސްލާމިކް ޔުނިވަރސިޓީ އޮފް މަދީނާގެ ރައީސް ޑރ. ޞާލިޙް ބިން ޢަލީ އަލް-ޢަޤްލާ އާއި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާގެ ކުރީގެ ރެކްޓަރ އެމެރިޓަސް ޕްރޮފެސަރ (ތަން ޝްރީ) ޒުލްކިފްލީ ޢަބްދުލް ރަޒާކް އާއި
މިޞްރުގެ ޝައިހު އަލް އަޒްހަރުގެ އެޑްވައިޒަރު ޕްރޮފެސަރ ޑރ. ނަހްލާ ޞަބްރީ ޤުޠުބު އަލް-ސަޢީދީއެވެ.
އައިސީއައިއޭއަށް މި އަހަރު 167 ކަރުދާސް ހުށައަޅާފައިވާއިރު އޭގެތެރެއިން 83 ކަރުދާސް ހުށައަޅާފައި ވަނީ ރާއްޖެއިން ބޭރުގެ ފަރާތްތަކުންނެވެ. ކޮންފަރެންސްގައި 473 ފަރާތުން ބައިވެރިވާއިރު، އޭގެތެރޭގައި ހިމެނެނީ 18 ގައުމެއްގެ 53 ފަރާތެކެވެ. ކޮންފަރެންސަށް ހުށައެޅި ދިރާސާ ކަރުދާސްތަކުގެ ތެރޭގައި ހިމެނެނީ އިނގިރޭސި ބަހުން ހުށައެޅި 147 ދިރާސާ ކަރުދާހާއި އަރަބި ބަހުން ހުށައެޅި 12 ދިރާސާ ކަރުދާހުގެ އިތުރުން ދިވެހި ބަހުން ހުށައެޅި އަށް ދިރާސާ ކަރުދާހެވެ.
ޕެނަލް މަޝްވަރާގެ ގޮތުގައި ދެ ބައްދަލުވުމެއް މި ކޮންފަރެންސްގެ ތެރެއިން ކުރިއަށް ގެންދެއެވެ. އެއީ،
-
- އިނގިރޭސި ބަހުން: "Restructuring Higher Education Alliances for a Sustainable Learning Society" (ރާއްޖޭގެ 2 ޔުނިވަރސިޓީއާއި ބޭރުގެ 3 ޔުނިވަރސިޓީއެއް ބައިވެރިވާނެއެވެ).
- ދިވެހި ބަހުން: "އެކަޑެމިކް ދާއިރާގައި މަސައްކަތުގެ އުފެއްދުންތެރިކަން އިތުރުކުރުމާއި މަސައްކަތުގެ އަޚްލާޤު ވަރުގަދަކުރުން"
ވަރކްޝޮޕްތަކާއި އިޖުތިމާއީ ހަރަކާތްތަކުގެ ގޮތުގައި ވެސް ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ. އެޕްރީލް އިން މޭ މަހުގެ ނިޔަލަށް 8 ޕްރީ-ކޮންފަރެންސް ވަރކްޝޮޕް ވަނީ ކުރިއަށް ގެންގޮސްފައެވެ. އިތުރުން ކޮންފަރެންސްގެ ފުރތަމަ ދުވަހު 10 ވަރކްޝޮޕް ކުރިއަށް ގެންދާނެއެވެ.
advertisment
ހިޔާލު