2024 ވަނަ އަހަރު ދަރުމަވަންތަ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ޔޫސުފު އަލްމަން ހޮވައިފިއެވެ. އެ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދެވަނަ ދަރިވަރަކީ ޒައިން އަޙުމަދު އަޝްހަދެވެ. ތިންވަނަ ދަރިވަރަކީ މަލަކާ މުޙައްމަދު ފަޒީން ޔޫސުފެވެ.
ދަރުމަވަންތަ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ، ތައުލީމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއްލަތީފު މުޙައްމަދެވެ.
ދަރުމަވަންތަ ސްކޫލުން އެއްވަނަ ހޯދި، ޔޫސުފަކީ އެ ސްކޫލްގެ ޕްރިފެކްޓެއްގެ މަގާމާއި، ސްޕީޑްކްލަބުގެ މަންދޫބެއްގެ މަގާމާއި މީޑް ކްލަބްގެ ވައިސް ޕްރެޒިޑެންޓްގެ މަގާމުއަދާކޮށްފައެވެ. މި ލިބުނު ތަޖުރިބާގެ އަލީގައި، ދަރުމަވަންތަސްކޫލްގެ ވަނައަހަރުގެ ސްކޫލްކެޕްޓަން ގެ ޒިއްމާދާރު މަގާމު އަލްމަން ވަނީ އަދާކޮށްފައެވެ.
އަލްމަން ވަނީ ގްރޭޑް 10 ނިންމި އިމްތިހާނުން، އޮނަލިސްޓެޑް އެވޯޑާއެކު، ކްލާސްޕްރައިޒް، އިސްލާމް، ދިވެހި، އިނގިރޭސި، ހިސާބު، މެތަމެޓިކްސް، ކޮމްޕިއުޓަރ ސައިންސުން ސަބްޖެކްޓް ޕްރައިޒް ހާސިލުކޮށް ގްރޭޑް 10 ގެ އެންމެ ރަނގަޅު ނަތީޖާ ހޯދި ފަޚުރުވެރި ދަރިވަރުންގެ ތެރޭގައި ހިމެނިފައެވެ.
2024 ވަނަ އަހަރު ބޭއްވި އެސް.އެސް.ސީ އަދި އައި.ޖީ.ސީއެސް.ސީ، އިމްތިހާނުން 6އޭ ސްޓަރ އާއި 2 އޭ ހޯދައި، އެ އިމްތިހާނުތަކުގައި ބައިވެރި ދަރިވަރުންގެ ތެރެއިން މުޅި ރާއްޖެއިން 3 ވަނަ ޔޫސުފު ހޯދާފައިވެއެވެ.
ސްކައުޓް ހަރަކާތުގެ ތެރެއިން ތަފާތު ތަމްރީނުތަކާއި ތަޖުރިބާ ހޯދައި، ޤާބިލުކަމާއި އިސްނެގުމުގެ ހުނަރާއެކު، ސްކޫލްގެ ޕްރިފެކްޓެއްގެ މަގާމާއި، ސްޕީޑްގެ ސެކްރެޓަރީގެ މަގާމާއި، ފާމްދޭރި ހައުސްގެ ކެޕްޓަން ކަމުގެ ޒިންމާދާރު މަގާމު، އެންމެ މޮޅު ދެވަނަ ދަރިވަރަށް ހޮވުނު ޒައިން ވަނީ އަދާކޮށްފައެވެ.

ގްރޭޑް 10 ނިންމި އިމްތިހާނުން، ޒައިން ވަނީ އޮނަލިސްޓެޑް އެވޯޑާއެކު، ކްލާސްޕްރައިޒް، އިސްލާމް، އިނގިރޭސި، ހިސާބު، ކެމިސްޓްރީ، ބަޔޮލޮޖީ، ކޮމްޕިއުޓަރ ސައިންސުން ސަބްޖެކްޓް ޕްރައިޒް ހާސިލުކޮށްފައެވެ. އަދި 2024 ވަނަ އަހަރު ބޭއްވި އެސް.އެސް.ސީ އަދި އައި.ޖީ.ސީއެސް.ސީ، އިމްތިހާނުން 6އޭ ސްޓަރ އާއި 2 އޭ ހޯދައި، މުޅި ރާއްޖެއިން 3 ވަނަ ހޯދާފައިވެއެވެ.
ތިންވަނައަށް ދިޔަ މަލަކާ ވަނީ، ޕްރިފެކްޓެއްގެ މަގާމާއި ސްޕީޑްގެ މަންދޫބުކަމާއި ފާމުދޭރިހައުސްގެ ސެކްރެޓަރީކަމާއި މީޑް ކްލަބްގެ ޕްރެޒިޑެންޓްގެ އިތުރުން ފާމުދޭރިހައުސްގެ ޑެޕިއުޓީ ކެޕްޓަންގެ މަގާމު ވަނީ އަދާކޮށްފައެވެ.
ގްރޭޑް 10 ނިންމި އިމްތިހާނުން، މަލަކާ ވަނީ ކޮމެންޑެޑް ރިޕޯޓާއެކު، އިސްލާމް، ދިވެހި އިނގިރޭސި، ހިސާބުން ސަބްޖެކްޓް ޕްރައިޒް ހާސިލުކޮށްފައެވެ. އަދި 2024 ވަނަ އަހަރު ބޭއްވި އެސް.އެސް.ސީ އަދި އައި.ޖީ.ސީއެސް.ސީ، އިމްތިހާނުން 2އޭ އާއި، 6އޭ ސްޓަރ ހޯދައި، މުޅި ރާއްޖެއިން 3 ވަނަ، މަލަކާ ހޯދާފައިވެއެވެ.
advertisment
ހިޔާލު