ގުރޭޑް 10ގެ ކުދިންގެ މޮކް އެގްޒާމް ފަށައިފި

ގުރޭޑް 10ގެ ދަރިވަރުންގެ ފަހު އިމްތިޙާނުގައި ނަގާ މޮކް އެގްޒާމް މިއަދު ފަށައިފިއެވެ.

މި އިމްތިޙާނު ސެޕްޓެމްބަރު މަހުގެ 10އާ ހަމައަށް ކުރިއަށް ދާނެ ކަމަށް ދިރާސީ ކަލަންޑަރުގައި ބުނެފައިވެއެވެ. ދެވަނަ ޓާމުގެ މެދު ބަންދު ލިބޭނީ މި އިމްތިޙާނަށްފަހު 13 ސެޕްޓެމްބަރުން ފެށިގެން 19 ސެޕްޓެމްބަރަށެވެ.

އޯލެވެލް އިމްތީޙާނު ފެށޭނީ ދެވަނަ ޓާމުގެ ކިޔެވުން ފަށާތާ އެއް ދުވަސް ފަހުން ސެޕްޓެމްބަރު މަހުގެ 20ގައެވެ. ގުރޭޑް 11އަދި 12ގެ ފަހު އިމްތިޙާނު ވެސް މިހާރު ކުރިއަށް އެބަދެއެވެ. އެ ދަރިވަރުންގެ އިމްތިޙާނު ވެސް ސެޕްޓެމްބަރު މަހުގެ 10އާ ހަމައަށް ދާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *