ހޯރަފުށީގައި ހުންނަ ހއ. އަތޮޅު މަދަރުސާގެ ދަރިވަރުން ބާރުވެރިކުރުވައި ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދޭން ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަހުގެ 23ން 24އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެ މަދަރުސާގެ އެކި ގުރޭޑް ތަކަށް ގެންދިޔައީ ތަފާތު ހަރަކާތްތަކެވެ.
ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ގެންދިޔައީ، އަމިއްލައަށް ކަންކަން ކުރުމާއި ޒިންމާދާރުވުމާ ގުޅޭ ގޮތުން ފަރުމާކޮށްފައިވާ ސެޝަންތަކެކެވެ. އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީގެ ދަރިވަރުން އަމިއްލައަށް ކަންކަން ކުރުމާއި ޒިންމާދާރުވުމުގެ އާދަ އަށަގެންނެވުމަށް ޚާއްޞަ ސެޝަންތައް ކުރިއަށް ގެންދިޔައީ އެ ސްކޫލުގެ މުދައްރިސުންނެވެ. މި ސެޝަންތަކުގައި އަމިއްލަ ސާފުތާހިރުކަމާއި ރަނގަޅު އާދަތަކާއި، ކްލާސްރޫމް ތަރުތީބުކޮށް ބެލެހެއްޓުމާއި، ދުވަހުގެ މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ދަރިވަރުންގެ ކިބައިގައި މިނިވަންކަމާއެކު ކަންކަން ކުރުމުގެ ހުނަރު އަށަގެންނެވުމަށްޓަކައި އެކި ކަހަލަ ޢަމަލީ ޙަރަކާތްތަކުގައި ކުދިން ބައިވެރިކުރެވުނު ކަމަށް ހއ. އަތޮޅު މަދަރުސާއިން ބުނެއެވެ.

ގްރޭޑް 1 އަދި 2ގެ ކުދިންނަށް ގެންދިޔއީ ޕޭޕަރ ކްރާފްޓްގެ ހަރަކާތްތަކެކެވެ. ކުދިންގެ އަމިއްލަ އުފެއްދުންތެރިކަން ކުރިއެރުވުމަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ސެޝަންތަކުގައި، ކަރުދާހުން ތަފާތު ތަކެތި އުފެއްދުމުގެ ފުރުޞަތު ދަރިވަރުންނަށް ދީފައިވެއެވެ. މިގޮތުން ކަރުދާސް ފަތްޖެހުމާއި، ކެފުމާއި، އެކި ތަކެތި ގުޅުވައިގެން އަމިއްލަ އުފެއްދުންތައް ތައްޔާރުކުރުމުގެ ޢަމަލީ ތަމްރީނުތައް ކުދިން ފުރިހަމަކުރިއެވެ. ގްރޭޑް 3ގެ ކުދިންނށް ކުރިއަށް ގެންދިޔައީ އެކި ތަކެތީގައި ކުރަހައި ފަރުމާކުރުމުގެ މަސައްކަތެވެ. ކުދިންގެ އަމިއްލަ އުފެއްދުންތެރިކަން ކުރިއެރުވުމަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ސެޝަންތަކުގައި، ތަފާތު ތަކެތީގައި ކުލަޖެއްސުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބިގެންދިޔައެވެ. މިގޮތުން ކުލަ އެއްކުރުމާއި، ކުރެހުމުގެ އުކުޅުތަކާއި، އަމިއްލަ ފަރުމާތައް ތައްޔާރުކުރުމުގެ ޢަމަލީ ތަމްރީނުތައް ކުދިން ފުރިހަމަކުރިއެވެ.

ގްރޭޑް 4 އަކުން 6 އަކަށް ކިޔަވާ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ އަމިއްލަ ނަފުސުގެ ގަދަރު ދަންނަ ދަރިވަރުގެ ގޮތުގައި ކުރިއަށް ގެންދިޔަ ސެޝަނުގައި، މާހައުލުން ކުރިމަތިވާ ގާނާކުރުމާއި ނަފުސާނީ ގޮންޖެހުންތަކުން ސްކޫލާއި ގޭތެރޭގޭގެ މާހައުލުން ސަލާމަތްވާނެ ގޮތް ކިޔައިދީފައިވެއެވެ.
ވެ.
ގްރޭޑް 7 އަދި 11 ގެ ދަރިވަރުނަށް އަމާޒުކޮށް "ކުޅިވަރުގެ އަޚްލާޤާއި ޤަވާޢިދު"ގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދިޔަ ސެޝަންތަކުގައި، ކުޅިވަރުގެ އަސާސީ ހުނަރުތަކާއި، ޤަވާޢިދުތަކުގެ އިތުރުން ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ޢަމަލީ ޙަރަކާތްތަކެއް ކުރިއަށް ގެންދެވުނެވެ. މި ސެޝަންތައް ޢަމަލީ ތަޖުރިބާއާއެކު ވަރަށް ފުރިހަމައަށް ކުރިއަށް ގެންދިއުމުގައި ހޯރަފުށީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުންނެ

ގްރޭޑް 7 ން 11ގެ ދަރިވަރުންނަށް ގެންދިޔަ ޑިޖިޓަލް ސިޓިޒަންޝިޕް އަދި އޮންލައިން ރައްކާތެރިކަމުގެ މައްޗަށް ނަގައިދިން ސެޝަންތަކުގެ ސަބަބުން، ދިރިއުޅުމުގެ ޢަމަލީ މާޙައުލުގައި ދިމާވާ ކަންކަމަށް ރިޢާޔަތްކޮށް، ޑިޖިޓަލް ދުނިޔޭގައި ޒިންމާދާރު ރައްޔިތަކަށް ވުމަށާއި އޮންލައިންކޮށް ރައްކާތެރިވުމާ ގުޅޭގޮތުން ދަރިވަރުންނަށް ގިނަ މަޢުލޫމާތުތަކެއް ލިބިގެންދިޔައެވެ.

ފެނަކަ ހޯރަފުށީ ބްރާންޗުން، ގްރޭޑް 9 އަކުން 11 އަކަށް ކިޔަވާ ދަރިވަރުންނަށް ޚާއްޞަ ސެޝަންތަކެއް ކުރިއަށް ގެންދިޔައެވެ. "ގޭތެރޭގައި ބޭނުންކުރާ ކަރަންޓުގެ ސަލާމަތާއި ރައްކާތެރިކަން" މި މައުޟޫޢަށް ބޭއްވުނު މި ސެޝަންތަކުގައި، ކަރަންޓުގެ އަސާސީ ހުނަރުތަކާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުން މަޝްވަރާތަކާއި ޢަމަލީ ޙަރަކާތްތައް ކުރިއަށް ގެންދެވުނެވެ.

ހޯރަފުށީ އެއާޕޯޓުން ވަނީ ގްރޭޑް 7 އަކުން 11 އަކަށް ކިޔަވާ ދަރިވަރުންނަށް ޚާއްޞަ ސެޝަންތަކެއް ބާއްވާފައެވެ. "ފުރަތަމަ އެހީ: ގޭތެރޭގައި ދިމާވާ ނުރައްކާތަކާއި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުން" މި މައުޟޫޢަށް ބޭއްވުނު މި ސެޝަންތަކުގައި، ކުއްލި ޙާލަތްތަކަށް ތައްޔާރުވުމުގެ ހުނަރުތަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާތަކާއި ޢަމަލީ ތަމްރީނުތައް ކުރިއަށް ގެންދެވުނެވެ.

މިއީ ވަށައިޖެހޭ ގޮތެއްގައި ހުރިހާ ކުދިން ޝާމިލުކޮށްގެން ކުރިއަށް ގެންދިޔަ ކާމިޔާބު ޕްރޮރާމެއްކަމަށް ހއ. އަތޮޅު މަދަރުސާއިން ބުނެއެވެ. ކާމިޔާބު ކަމާއެކު މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހޯރަފުށީގެ މުއައްސަސާތަކާއި އަދި ވަކިވަކި ފަރުދުންނާއި އެ ސްކޫލުގެ މުދައްރިސުންނާއި ބެލެނިވެރިންނާއި ދަރިވަރުން ދެއްވި އެއްބާރުލުމަށް އެ ސްކޫލުން ޝުކުރުއަދާކުރެއެވެ.
advertisment
ހިޔާލު