އުޒުބެކިސްތާނުގައި ބާއްވާ ސައިންސް އޮލިމްޕިއާޑްގެ ގްލޯބަލް ރައުންޑަށް ބްރައިޓްވޭގެ 43 ދަރިވަރުން

ސައިންސް އޮލިމްޕިއާޑްގެ ގްލޯބަލް ރައުންޑަށް ދިއުމަށް ރާއްޖޭގައި ބޭއްވި ރައުންޑުން ރަން މެޑަލް ހޯދި ދަރިވަރުން

ސިންގަޕުރުގެ ވަންޑާ ނޭޝަނަލް ޖޫނިއާ ސައިންސް އޮލިމްޕިއާޑުގައި ބައިވެރިވެ ރާއްޖޭގައި ހުންނަ ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލުގެ 43 ދަރިވަރުން މެޑަލް ހޯދައިފިއެވެ.

އުޒުބެކިސްތާނުގައި ބާއްވާ ފައިނަލް ރައުންޑަށް ދާނެ ކުދިން ހޮވުމަށް ރާއްޖޭގައި ކުރިއަށް ގެންދިޔަ ރައުންޑުގައި ބްރައިޓްވޭގެ ދަރިވަރުން 9 ރަން މެޑަލާއި 15 ރިހި މެޑަލާއި 19 ލޯ މެޑަލް ހޯދާފައިވެއެވެ. މެޑަލް ހާސިލްކުރި ހުރިހާ ދަރިވަރުން، އަންނަ ޑިސެމްބަރު 11 އިން 17 އަށް އުޒުބެކިސްތާނުގައި ބާއްވާ ގްލޯބަލް ރައުންޑް – ސްޓީމް އަހެޑް 2026 އަށް ވަނީ ކޮލިފައި ވެފައެވެ.

ސައިންސް އޮލިމްޕިއާޑްގެ ގްލޯބަލް ރައުންޑަށް ދިއުމަށް ރާއްޖޭގައި ބޭއްވި ރައުންޑުން ރިހި މެޑަލް ހޯދި ދަރިވަރުން

ސިންގަޕޫރު ސްކޫލް ސައިންސް ސިލަބަހުގެ މައްޗަށް ބިނާކޮށް ގްރޭޑް 3 އިން 10 އަށް ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތަކީ ވިސްނުމުގެ ހުނަރު މަތިކޮށް، ސައިންޓިފިކް ކޮންސެޕްޓްތަކުގެ އެހީގައި އުފެއްދުންތެރިކަމާއި ދިމާވާ ގޮންޖެހުންތަކާ އެކު ކުރިއަށް ދިއުމަށް ހިތްވަރު ދިނުމުގެ މަގްސަދުގައި ބާއްވާ މުބާރާތެކެވެ. ބައިނަލްއަޤްވާމީ މި ޙަރަކާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒުވާން ސައިންސްވެރިން އެއްވެ، އެފަރާތްތަކުގެ މައްސަލަތައް ޙައްލުކުރުމާއި، އުފެއްދުންތެރިކަމުގެ ދާއިރާއިން އެއްބާރުލުންދީ ޤާބިލުކަން އިތުރުކުރާނެއެވެ.

ސައިންސް އޮލިމްޕިއާޑްގެ ގްލޯބަލް ރައުންޑަށް ދިއުމަށް ރާއްޖޭގައި ބޭއްވި ރައުންޑުން ލޯ މެޑަލް ހޯދި ދަރިވަރުން

ބްރައިޓްވޭގެ ދަރިވަރުން ހޯދި ކާމިޔާބީއަށް މަރުޙަބާ ކިޔައި ދަރިވަރުންނަށް އެ ސްކޫލުން ވަނީ ތަޢުރީފުކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *