ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ފޮތް މައުރަޒުގައި މި އަހަރު 41 ފަރާތުން ބައިވެރިވެއްޖެއެވެ. މިއީ މި މައުރަޒު ބާއްވަން ފެށީއްސުރެ އެންމެ ގިނަ ބަޔަކު ބައިވެރިވާ ފަހަރެވެ.
ފޮތް މައުރަޒު ބާއްވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 3ން5 އަށް އެމްއެންޔޫގައެވެ. މައުރަޒު ކުރިއަށް ގެންދަނީ ކޮންމެ ދުވަހެއްގެ ހަވިރު 4ން 10އަށެވެ.
މައުރަޒު ކުރިއަށް ގެންދަނީ އެ ޔުނިވަރސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގެ ތިންވަނަ ފަންގިފިލާގައި ހުންނަ ޕީއީ އޯލުގެއެވެ. އަދި އެ ޔުނިވަރސިޓީގެ ތިރީގައި ވެސް މައުރަޒުގެ ބައެއް ސްޓޯލްތައް ކުރިއަށް ގެންދާނެއެވެ.
އެމްއެންޔޫ ފޮތް މައުރަޒަކީ ކޮންމެ އަހަރަކު ވެސް އެ ޔުނިވަރސިޓީން ކުރިއަށް ގެންދާ ބޮޑު ހަރަކާތެކެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ފޮތް މައުރަޒަކީ ފޮތް އުފައްދާމީހުންނާއި ވިއްކާމީހުންނާއި ގަންނަމީހުންގެ ބާޒާރެކެވެ. މި މައުރަޒަކީ ދިވެހި ލިޔުންތެރީން ތަފާތު ބަސްތަކުން ލިޔެފައިވާ ފޮތްތައް ކިޔުންތެރީންނާ ހަމައަށް ފޯރުކޮށްދޭން ދެވޭ ފުރުޞަތެކެވެ.
އެމްއެންޔޫގެ ފޮތް މައުރަޒުގެ މަޤްޞަދަކީ ދިވެހި ލިޔުންތެރިންނަށް އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދިނުމާއި ޝާއިޢު ނުކުރެވި ހުރި އައު ފޮތް ފަދަ އާލާތްތައް އާންމުންނާއި ހަމައަށް ގެނެސް ދެވޭނޭ މާޙައުލެއް އުފެއްދުމެވެ. އަދި އެހެންމެ ފޮތަށް އަހުލުވެރިކުރުވުމާއި ފޮތް ކިޔުމުގެ އާދަ އުފައްދާ ދެމެހެއްޓުމުގެ ޝައުޤު އުފެއްދުމެވެ.
advertisment
ހިޔާލު