ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި މައުމޫން ފައުންޑޭޝަނުން މަޒުމޫނު ލިޔުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
އެ ފައުންޑޭޝަނުން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން މި މުބާރާތް ކުރިއަށް ގެންދަނީ ދެ އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ 30 އަހަރުން ދަށުގެ އުމުރުފުރާއާއި 30 އަހަރުން މަތީގެ އުމުރުފުރާއެވެ.
ކޮންމެ ބަޔަކުން ވެސް އެއްވަނައަށް ހޮވޭ ފަރާތަކަށް 5000 ރުފިޔާގެ އިނާމެއް ކަނޑައަޅާފައިވެއެވެ. ދެވަނައަށް އަންނަ ފަރާތަކަށް 3500 ރުފިޔާ އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް 2000 ރުފިޔާގެ އިނާމެއް ހުށައަޅާފައިވެއެވެ.
މި މުބާރާތަށް މަޒުމޫނު ލިޔުމަށްފަހު، އަންނަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ފޮނުވަންޖެހެއެވެ.
މަޒުމޫނު ފޮނުވަން ޖެހެނީ މުބާރާތުގެ ޤަވާއިދުގައި ބުނެފައިވާ ލިންކް މެދުވެރިކޮށެވެ.
މައުމޫން ފައުންޑޭޝަނުން އިންތިޒާމްކޮށްގެން “ޤައުމީ ޅެން“ ހެދުމުގެ މުބާރާތެއް ދާދިފަހުން ވަނީ ބާއްވާފައެވެ
advertisment
ހިޔާލު