ތ. އަތޮޅު މަދަރުސާއިން އެންމެ މޮޅު ދަރިވަރުންނަށް ޝުރުފާ، ފާލިހު ނާއިޝް

ތ. އަތޮޅު މަދަރުސާގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ އެ މަދަރުސާގައި ބާއްވައިފިއެވެ.

2025 ވަނަ އަހަރު، ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ މުޙައްމަދު ފާލިހެވެ. 2026 ވަނަ އަހަރު ސާނަވީން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޙުސައިން ނައިޝް އަޙްމަދެވެ. 2025 ވަނަ އަހަރު މަތީ ސާނަވީން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޝުރުފާ އިސްމާއިލެވެ. 2025 ވަނަ އަހަރު މަތީ ސާނަވީން އެއްވަނަ ދަރިވަރަކަށް ހޮވުނީ ޝުރުފާ އިސްމާއިލެވެ.

2025 ވަނަ އަހަރު ސާނަވީ ބައިން އެއްވަނަ ހޯދި، ފާލިހަކީ އެ އަހަރު ތ. އަތޮޅު މަދަރުސާގެ ޑެޕިއުޓީ ކެޕްޓަނެވެ. މިހާރު މަތީ ސާނަވީއަށް ކިޔަވަމުންދާ ފާލިހަކީ އެ މަދަރުސާގެ މިހާރުގެ ކެޕްޓަނެވެ. ސާނަވީ ނިންމާ އިމްތިޙާނުތަކުން ފާލިހަށް 6 އޭ ސްޓަރ އާއި 2އޭ ލިބިފައިވެއެވެ.

ނާއިޝްއަކީ 2025 ވަނަ އަހަރު އެ ސްކޫލުގެ ކެޕްޓަނެވެ. މިހާރު އޭނާ ކިޔަވަމުންދަނީ ސީއެޗްއެސްއީ ހުޅުމާލެގައެވެ.

2025 ވަނަ އަހަރު މަތީ ސާނަވީން އެއްވަނަ ހޯދި ޝުރުފާ މިހާރު މަސައްކަތް ކުރަނީ އެމްއެންޑީއެފްގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *