އޭޝިއާ ގްރެޖުއޭޓް ރިސަރޗް ސަމިޓަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގައި ޕީއެޗްޑީއަށް ކިޔަވާ ތިން ދަރިވަރުން ފޮނުވަން ނިންމައިފިއެވެ.
ރިސަރޗް ސަމިޓަށް ދާ ދަރިވަރުންނާ، އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ (ރިސާޗް އެންޑް އިނޮވޭޝަން) ޑރ. ވިސާލް މޫސާ ވަނީ ބައްދަލުކުރައްވާފައެވެ. މި ސަމިޓަކީ ކާމިޔާބު އަދި ބިނާކުރުވަނިވި ތަޖުރިބާއަކަށް ވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

މި ސަމިޓްގެ ކުރިން، އޮގަސްޓް މަހުގެ 24 އަދި 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕްރީ-ސަމިޓް ވޯކްޝޮޕްތަކުގައި މި ދަރިވަރުން ބައިވެރިވާނެއެވެ. ސަމިޓް ކުރިއަށްދާނީ އެ މަހުގެ 27 އާއި 28 އަށެވެ.

މި ސަމިޓުގައި އައިޔޫއެމްގެ ދަރިވަރުން އެކުދިންގެ ދިރާސީ ކަރުދާސްތައް ހުށަހަޅާނެއެވެ. މީގެ އިތުރުން، ދެފަރާތް ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން އޭޝިއާ ޕެސިފިކް ޔުނިވަރސިޓީގެ ގްރެޖުއޭޓް ސްޓަޑީޒްގެ އިސްވެރިންނާ ބައްދަލުކުރާނެއެވެ.
ދަރިވަރުންނަށް ބައިނަލްއަޤްވާމީ މައިދާންތަކުގައި ފުރުޞަތު ހޯދައިދީ، ބައިނަލްއަޤްވާމީ ޕޯސްޓްގްރެޖުއޭޓް މުޖުތަމަޢުތަކާ ގުޅިގެން އެކުދިންގެ އިލްމާއި ދިރާސާކުރުމުގެ ހުނަރުތައް ތަރައްޤީކުރުމަށް މަގުފަހިކޮށްދިނުމަށް އިސްކަންދޭ ކަމަށް އައިޔޫއެމްއިން ބުނެއެވެ.
advertisment
ހިޔާލު