2025 ގައި އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ އައިޒަން އަމިއްލައަށް ހެދި ކާރު ދުއްވާ ވީޑިއޯއަށް

ދަރިވަރު ނޫހުން ގެނެސްދިން ވީޑިއޯތަކުގެ ތެރެއިން 2025 ވަނަ އަހަރު އެންމެ ބޮޑު ސަމާލުކަމެއް ލިބި، އެންމެ ގިނަ ބަޔަކު ބެލީ ގެމަނަފުށީ ސްކޫލުން ކިޔެވުން ނިންމި އަޙްމަދު އައިޒަން އަމްޖަދު އަމިއްލައަށް ހެދި ކާރު ދުއްވާ ވީޑިއޯއަށެވެ.

އޯލެވެލް ނިންމި ގޮތަށް އޭނާ އަވަސްވީ  ރޭސިން ކާރެއް ހަދއިގެން އޭނާގެ ދުވަސްވީ ހުވަފެނުގައި ކުލަޖައްސާށެވެ.

ރޭސިން ކާރެއް އުފައްދަން ޚިޔާލު އައި ގޮތާއި އެކަން ކާމިޔާބު ކުރިގޮތް ކިޔައިދޭ ރިޕޯޓެއް ދަރިވަރު ނޫހުގައި ޝާއިއު ކުރީ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުއެވެ. ހަމަ އެ ދުވަހު އައިޒަން އުފެއްދި ކާރު އޭނާ ދުއްވާ ވީޑިއޯ ވެސް އެ ލިޔުމާއެކު ގެނެސްދީފައިއެވެ.

މިހާތަނަށް އެ ވީޑިއޯ 317،000އަށްވުރެ ގިނަ މީހުން ބަލާފައިވެއެވެ.

އޯލެވެލް ނިންމައި އެތަންމިތަނުން އެއްޗެހި ހަމަކޮށްގެން އައިޒަން އަމިއްލައަށް ހެދީ ރޭސިން ކާރެއް

އިންޖިނިއަރިންގެ ދާއިރާއަށް ޝައުޤު ހުންނަ އައިޒަން ކުޑައިރުއްސުރެ އޭނާ ގެންގުޅޭ ކުޅޭ ކާރުފަދަ ތަކެތި ރޫޅައިހަދައެވެ. އެފަދަތަކެތި މަސައްކަތް ކުރާގޮތް އަމަލީގޮތުން ދަސްކުރެއެވެ. އޭނާގެ އެ ޝައުޤުވެރި މަސައްކަތަށް އެހީ ހޯދަނީ ޔޫޓިއުބު ވީޑިއޯތަކުންނެވެ. އޭނާ އަމިއްލައަށް ކާރެއް ހަދައި ނިންމާލަން ނެގީ 74 ދުވަހެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *