ދިރާސާކުރާނެ ފަސޭހަ ގޮތްތައް ހިމެނޭ ފޮތެއް ވިލާ ކޮލެޖުން ނެރެފި

"ދިރާސާކުރާނެ ފަސޭހަ ގޮތްތައް ހިމެނޭ ފޮތެއް ވިލާ ކޮލެޖުން ނެރެފިއެވެ.

އިންސްޓިޓިއުޓް ފޮރ އެކަޑަމިކް ޑިވެލޮޕްމަންޓްގެ ސީނިއަރ ކަރިކިއުލަމް ޑިވެލޮޕަރ އަޙްމަދު ފަޔާޟް ޙަސަން ލިޔުއްވާފައިވާ މި ޢިލްމީ ފޮތް ނެރެދެއްވީ މިއަދު ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބެވެ.

ފަޔާޟް ލިޔުއްވި މި ފޮތަކީ، ދިވެހިބަހުން ރިސާރޗް މެތަޑޮލޮޖީ ލިޓްރޭޗަރ ކުރިއެރުވުމަށް ލިބިގެންދިޔަ ވަސީލަތެއް ކަމަށް ވިލާކޮލެޖުން ދެކެއެވެ. މި ފޮތް ފަރުމާކޮށްފައި ވަނީ މަތީ ތައުލީމު ހާސިލް ކުރާ ދަރިވަރުންނަށް ކޮމްޕްލެކްސް ރިސާޗް ކޮންސެޕްޓްތައް ރަނގަޅަށް އޮޅުން ފިލުވައިދިނުމަށެވެ. ދަރިވަރުންނާއި އެކަޑަމިކް ކޮމިއުނިޓީގެ އުނގެނުމާއި ތަރައްޤީއަށް އެހީތެރިވެދޭ ފެންވަރު ރަނގަޅު ތަޢުލީމީ ވަސީލަތްތައް ތަރައްޤީ ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިލާ ކޮލެޖުން ބުނެއެވެ.

175 ރުފިޔާއަށް، ވިލާ ކޮލެޖުން މި ފޮތް ދަނީ ވިއްކަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *