ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރަކަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމުގެ "މައުމޫން ފައުންޑޭޝަން"އިން ދޭ ސްކޮލަރޝިޕް މުހައްމަދު ޝާން އަހުމަދަށް ލިބިއްޖެއެވެ.
މައުމޫން ފައުންޑޭޝަނުން ކޮންމެ އަހަރަކު ވެސް ދޭ މި ސްކޮލަރޝިޕްގެ ދަށުން މި އަހަރު ސްކޮލަރޝިޕް ލިބުނު ޝާން ފުރިހަމަ ކުރާނީ އެ ޔުނިވާސިޓީގެ "މާސްޓަ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަޝިޕް އެންޑް އެޑްމިނިސްޓްރޭޝަން" ކޯހެވެ. މި ސްކޮލަރޝިޕްގެ ދަށުން، ކޯހުގެ ޓިއުޝަން ފީއާއި ފޮތްތަކަށް ހިނގާ ހަރަދާއި އެކަޑެމިކް ކޮންފަރެންސްތަކުގެ އެލަވަންސްގެ އިތުރުން މަހުން މަހަށް ދެވޭ ސްޓައިޕެންޑު ހިމެނޭހެން ހުރިހާ ހަރަދެއް މައުމޫން ފައުންޑޭޝަނުން ހަމަޖައްސައިދޭނެއެވެ.

މިދިޔަ އަހަރުގެ ވެސް "މާސްޓާސް އޮފް އާޓްސް އިން ގުރުއާނިކް ސްޓަޑީޒް" ކޯހުގައި ކިޔަވަމުންދިޔަ ދަރިވަރަކަށް މައުމޫން ފައުންޑޭޝަނުން ސްކޮލަޝިފެއް ދީފައިވެއެވެ.
މިއީ މަތީ ތައުލީމަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ދަރިވަރުންގެ ތައުލީމީ އުންމީދުތައް ހާސިލުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެ ފައުންޑޭޝަނުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މައުމޫން ފައުންޑޭޝަންގެ ވައިސް ޗެއާމަން އަޙްމަދު ފާރިސް މައުމޫނެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި އެ ފައުންޑޭޝަންގެ އިސް ބޭފުޅުންނާއި، އިސްލާމީ ޔުނިވަރސިޓީގެ ސީނިއާރ މެނޭޖްމަންޓް ޓީމުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
advertisment
ހިޔާލު