ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި މިހާރު ކުރިއަށްދާ ޕެރަ އޭޝިއަން ޔޫތް ގޭމްސްގައި ހދ. އޭއީސީގެ ކެޕްޓަން މުޙައްމަދު ރިޒްހާންއަށް ފެތުމުގެ 50 މީޓަރު ފްރީސްޓައިލް އިވެންޓުން ލޯ މެޑަލް ހޯދައިފިއެވެ.

މިއީ ޕެރަ މުބާރާތެއްގައި ރާއްޖެއަށް ލިބުނު ފުރަތަމަ މެޑަލެވެ. މި މުބާރާތުގައި ހަތަރު ދަރިވަރަކު ރާއްޖޭގެ ފަރާތުން ބައިވެރިވިއެވެ.

ލޯ މެޑަލް ލިބުނު ރިޒްހާން ބުނީ، އޭނާއަށް ވެސް ލިބުނު އެފަދަ ފުރަތަމަ މެޑަލްކަމަށާއި މެޑަލް ލިބުމުން ވަރަށް އުފާވި ކަމަށެވެ. އެމަށްޓަކައި އޭނާގެ މަންމައަށާއި ކޯޗުންނަށް އޭނާ ޝުކުރުއަދާކުރިއެވެ.
advertisment
ހިޔާލު