އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގައި ނަރުސްކަން ކިޔަވާ ހަ ދަރިވަރަކަށް ޑީންސް އެވޯޑް 7 ދަރިވަރަކަށް ޓޮޕް އެޗީވަރސް އެވޯޑް

ޤައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގައި ނަރުސްކަން ކިޔަވާ ހަ ދަރިވަރުންނަށް ޑީންސް އޮނަރލިސްޓް އެވޯޑް 7 ދަރިވަރުންނަށް ޓޮޕް އެޗީވަރސް އެވޯޑް ލިބިއްޖެއެވެ.

ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވީ އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސިޓީ ކައުންސިލަރ އާތިފާ އަލީއެވެ.

ޑީންސް އޮނަރލިސްޓް އެވޯޑު ދެނީ، ފުރަތަމަ ޑިގްރީން މަތީގެ ކޯސްތަކުން، ކިޔެވި ހުރިހާ މާއްދާއަކުން ޑިސްޓިންކްޝަން ނުވަތަ އެއަށްވުރެ މަތީ ދަރަޖަ ހޯދުމުން އެކަމުގެ އަގުވަން ކުރުމުގެ ގޮތުން ފެކަލްޓީގެ ޑީން ދެއްވާ ޝަރަފުވެރިކަމުގެ އެވޯޑެކެވެ.

ޑީންސް އޮނަރލިސްޓް އެވޯޑް ހާސިލުކުރި ދަރިވަރުން

އާއިޝަތު އަބްދުއްރަޙްމާން – ބެޗެލަރ އޮފް ނަރސިންގ

ފާތިމަތު އަޒްމާ އަލީ – ބެޗެލަރ އޮފް ނަރސިންގ

ނައުފާ ހުސައިން – ބެޗެލަރ އޮފް ނަރސިންގ

އައިޝަތު އާތިކާ އިބުރާހިމް – ބެޗެލަރ އޮފް ނަރސިންގ

ތޫބާ އަހުމަދު – ބެޗެލަރ އޮފް ނަރސިންގ

އައިޝަތު މިދުހަތު – ބެލެޗަރ އޮފް ނާރސިންގ

ޓޮޕް އެޗީވަރސް އެވޯޑް ހާސިލުކުރި ދަރިވަރުން

ކައުސަރު އަބުދުލްރަހީމް

އަލޫފާ އަބުދުލްރަޝީދު

ރާނިޔާ އަބުދުލްހަންނާނު

ޝައިޚާ އިބުރާހިމް މުހައްމަދު

ފާތިމަތު ބިންތި ހުސައިން

އައިޝަތު ޝިފްނާ އިބުރާހިމް ޝާހީ

ފާތިމަތު ރައިނާ އަހުމަދު

މިރަސްމިއްޔާތުގައި އެ ކެމްޕަހުގައި ނަރުސްކަން ކިޔަވާ ދަރިވަރުން އިޤްރާރުވެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *