60 ދަރިވަރުންނާއެކު މާލެ ވޮކޭޝަނަލް ހައި ސްކޫލުގެ ކިޔެވުން ފަށައިފި

60 ދަރިވަރުންނާއެކު މާލެ ވޮކޭޝަނަލް ހައި ސްކޫލުގެ ކިޔެވުން ފަށައިފިއެވެ.

މާލެ ހައި ސްކޫލުގެ ކިޔެވުން ފެށުމުގެ ގޮތުން އެ ސްކޫލް ހިންގާ ޕޮލިޓެކްނިކުގައި މިއަދު ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ތައުލީމާ ބެހޭ ވަޒީރު އިސްމާއިލް ޝަފީޢުއެވެ.

ހުނަރާއި ތަމްރީނަށް ޚާއްޞަކޮށްގެން ފެށި މާލެ ހައި ސްކޫލުގައި މި ވަގުތު ފަސް ޕްރޮގްރާމެއް ކުރިއަށް ގެންދާނެއެވެ. އެއީ ފޮޓޯގްރަފީއާއި އައިޓީއާއި އަރކިޓެކްޗަރއާއި އިލެކްޓްރިކަލް އިންޖިއަރިންގެ އިތުރުން ސްމޯލް ބިޒްނަސް މެނޭޖްމަންޓްއެވެ.

އޭ ލެވެލްއަށް ކިޔަވައިދޭ ރަސްމީ އޮނިގަނޑުގެ ދަށުން މާލެ އައި ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ސްކޫލަށް ދާނީ ވަކި ޔުނީފޯމެއްގައެވެ. އެހެން ސްކޫލްތަކެކޭ އެއްގޮތަށް އިސްލާމާއި ދިވެހި ކިޔަވަން އެކުދިންނަށް މަޖުބޫރުވާނެއެވެ. އެކުއްޖަކު ކިޔަވާ ޕްރޮގްރާމުގައި ހިމެނޭ ޓެކްނިކަލް ހުރިހާ ބައިތައް ކިޔަވައިދޭނީ ޕޮލިޓެކްނިކްގެ ފެސިލިޓޭޓަރުންނެވެ. ބޭނުންކުރާނީ ވެސް އެތަނުގައި ޤާއިމް ކޮށްފައިވާ ފެސިލިޓީތަކެވެ. މި ސްކޫލުގެ ކިޔެވުން ކުރިއަށް ގެންދާނީ އެއް ދަންފަޅިއަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *