"އަތުކުރި އޮޅާލަމާ" ކެމްޕެއިނުން އިއްޔެ ބޭއްވީ ލޭގެ ގްރޫޕް ބަލައިދިނުމުގެ ކޭމްޕެއް

ލޭ ހަދިޔާކުރަން ބާރުއެޅުމުގެ ގޮތުން ކުރިއަށް ގެންދާ "އަތުކުރި އޮޅާލަމާ" ކެމްޕެއިނުން ލޭގެ ގްރޫޕް ބެލައިދިނުމުގެ ކޭމްޕެއް އިއްޔެ ބާއްވައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބެޗެލަރ އޮފް އާރޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ކޯހުގެ ދަރިވަރުން އިސްނަގައިގެން ހިންގާ "އަތުކުރި އޮޅާލަމާ" ކެމްޕެއިންގެ ތެރެއިން ލޭގެ ގްރޫޕް ބެލުމުގެ ކޭމްޕް ކުރިއަށް ގެންދިޔައީ އެ ޔުނިވަރސިޓީގައެވެ.

މި ކޭމްޕުގެ މައިގަނޑު މަޤްޞަދަކީ ލޭގެ ގްރޫޕް އެނގުމުގެ ފުރުޞަތު ފަހިކޮށްދިނުމާއި، ލޭ ހަދިޔާކުރުމުގެ މުހިންމުކަން ހަނދާންކޮށްދިނުމެމާއިއެކު ލޭ އެޕްއަށް މީހުން އިތުރުކުރުމެވެ.

އިއްޔެ މެންދުރު 1ން ހަވީރު 6އަށް ކުރިއަށް ގެންދިޔަ ކޭމްޕްގައި ލޭގެ ގްރޫޕް ބަލާލުމުގެ ޚިދުމަތުގެ އިތުރުން ލޭ އެޕް ޑައުންލޯޑްކޮށްގެން އީޒެޕްއިން ޑިސްކައުން ލިބުމުގެ ފުރުސަތު ވެސް ފަހިކޮށްދީފައިވެއެވެ.

ސޯޝަލް މީޑިއާގައި މިކެމްޕޭން އެތަށް ބައެއްގެ ސަމާލުކަމަށް އައިސްފަވާ އިރު ކެމްޕޭންގެ ފަރާތުން ދަނީ އެކި ހަރަކާތްތައް ހިންގަމުނެވެ. މިއަދު  ބާއްވާ ލޭގެ ގްރޫޕް ބެލުމުގެ އިވެންޓަކީ ވެސް އެގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

ންޕެއިންގެ ޓީމުން ބުނީ "އަތުކުރި އޮޅާލަމާ" މި ނަން ދީފައިވަނީ ވަރަށް ޚާއްސަ މަޤްސަދެއްކަމަށާއި މިކަމުން ދޭހަކޮށްދެނީ، ލޭ ދޭން އެންމެ ގުޅިގެން އަތުކުރި އޮޅާލާ، އެއްބައެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ރޫޙް އަށަގެންނެވުމުގެ ގޮތުންނެވެ. މި ކެމްޕެއިންގެ މަޤުޞަދުތަކުގެތެރޭގައި ޤައުމުގައި އޮތް ޞިއްޙީ މިފަދަ ކަމެއްގައި އެންމެން އެކުގައި ގުޅިގެން މަސައްކަތްކުރުމާއި ލޭ ހަދިޔާކުރާނެ ޞިއްޙަތު ރަނގަޅު ޖީލެއް ބިނާކުރުމަށް ހޭލުންތެރިކުރުން ވެސް ހިމެނެއެވެ.

މި ކެމްޕެއިންގެ ދަށުން، އަމިއްލައަށް އެދިގެން ލޭ ދޭ މީހުންގެ ނިސްބަތް އިތުރުކުރުމަށް ޚާއްސަ ހަރަކާތްތަކުގެތެރޭގައި، ލޭ ހަދިޔާކުރުމުގެ ބޭނުން މުޖުތަމަޢުގައި އޮތް މިންވަރު އަންގައިދިނުމާއި މިކަމަށް މީހުން ހޭލުންތެރިކުރުމާއި އަދި ޞިއްޙީ ގޮތުން މިކަމުގައި ހުރިފައިދާތަކަށް މުޖުތަމަޢު ހޭލުންތެރިކުރުންވެސް ހިމެނެއެވެ.

މުޖުތަމަޢުގައި ލޭ ދިނުމާއި ގުޅޭގޮތުން އޮތް ވިސްނުން ބަދަލުކޮށް، އަމިއްލައަށް އެދިގެން މިކަމަށް ވީހާވެސް ގިނަ މީހުން ނިކުތުމަކީ މި ކެމްޕެއިންގެ ޢަމާޒެކެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *