ފިޓްނަސް ދާއިރާއިން މީހުން ތަމްރީނުކުރަން އެފްއީއޭ އެކަޑެމީ އެމްއެންއެސްޑީއޭގައި ރަޖިސްޓްރީ ކޮށްފި

ފިޓްނަސް ދާއިރާއިން މީހުން ތަމްރީނުކުރުމަށް ޚާއްސަކޮށްފައިވާ އެފްއީއޭ އެކަޑެމީ، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) ގެ ނޭޝަނަލް އޮކިޔުޕޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑަށް ތަމްރީނުދޭ މަރުކަޒެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފިއެވެ. މިކަމުގެ ސެޓުފިކެޓު ހަވާލުކުރުމުގެ ރަސްމިއްޔާތު 2025 ނޮޮވެންބަރު މަހުގެ 13 ވަނަދުވަހު އެމްއެންއެސްޑީއޭގައި ވަނީ ބާއްވާފައެވެ.

އެމްއެންއެސްޑީއޭގައި ބޭއްވި މި ހަފްލާގައި، އިންސްޓިޓިއުޓް ރަޖިސްޓްރޭޝަން ސެޓުފިކެޓް އެފްއީއޭ އެކަޑެމީއާއި ހަވާލުކޮށްދެއްވީ އެމްއެންއެސްޑީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޒަހުރާ މުޙައްމަދެވެ. އެފްއީއޭ އެކަޑެމީގެ ފަރާތުން މި ސެޓުފިކެޓާއި ހަވާލުވެލެއްވީ އެކަޑެމީގެ މެނޭޖިންގ ޑިރެކްޓަރ ރިޔާސް ރިޔާޒެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރިޔާސް ވިދާޅުވީ، ފިޓްނަސްގެ ދާއިރާއިން އެމްއެންއެސްޑީއޭގެ ހުރިހާ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔުމަށް އެކަޑެމީން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށެވެ. އަދި އެކަޑެމީގެ ދުރު ރާސްތާ އަމާޒަކީ، ފިޓްނަސް ދާއިރާއިން ބެޗްލަރސް ޑިގްރީ އާއި ހަމައަށް ޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުން ކަމަށް ރިޔާސް ފާހަގަކުރެއްވިއެވެ.

މިފަދަ ކޮމްޕީޓެންސީ ބޭސްޑް ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ މައިގަނޑު މަޤްޞަދަކީ، ފިޓްނަސް ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަކީ އެ ދާއިރާއިން ރަސްމީކޮށް ތަމްރީނުވެ ޤައުމީ ސަނަދު ހާސިލުކޮށްފައިވާ ބަޔަކަށް ހެދުމެވެ. މީގެ ސަބަބުން މި ދާއިރާގެ ފެންވަރު ރަނގަޅުވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތްތަކުގެ ކޮލިޓީ އިތުރުވެގެން ދާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *