އެމްއެންޔޫގެ ކުޑަހުވަދޫ ސެންޓަރުގައި އަންނަ އަހަރު ހިންގާ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
އެ ސެންޓަރުގައި ހިންގާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު 26 ޖަނަވަރީ 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ކޯސްތަކާ ބެހޭ މަޢުލޫމާތު courses.mnu.edu.mv/ އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
ކުޑަހުވަދޫ ސެންޓަރުގައި ހިންގާ ކޯސްތައް:
1- މާސްޓަރ އޮފް އެޑިޔުކޭޝަން (އެޑިޔުކޭޝަނަލް މެނޭޖްމަންޓް އެންޑް ލީޑަރޝިޕް – ފުލްޓައިމް ބްލެންޑެޑް
2. އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީޢާ އެންޑް ލޯ – ފުލްޓައިމް އީވްނިންގ
3. ސެޓްފިކެޓް 4 އިން ފައުންޑޭޝަން ސްޓަޑީސް (ސައިންސް) – ފުލްޓައިމް އީވްނިންގ
4. ސެޓްފިކެޓް 4 އިން ފައުންޑޭޝަން ސްޓަޑީސް (ހިއުމެނިޓީސް) – ފުލްޓައިމް އީވްނިންގ
5. ސެޓްފިކެޓް 4 އިން ފައުންޑޭޝަން ސްޓަޑީސް (ބިޒްނަސް) – ފުލްޓައިމް އީވްނިންގ
6. އެޑްވާންސްޑް ސެޓްފިކެޓް އިން މެނޭޖްމަންޓް – ފުލްޓައިމް އީވްނިންގ
ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުތު މި ލިންކުން ލިބޭނެއެވެ.


advertisment
ހިޔާލު