ޑރ. އާސިޔަތު މުޙައްމަދު ދީދީ
ގިނަ މަސައްކަތުގެ މާހައްލު ތަކުގައި "100 އިން ސައްތަ ހާޒިރީ" ފހުރުވެރިކަމާއެކު ފާހަގަ ކުރަމުންދާއިރު އެއްވެސް ދުވަހެއް ދޫނުކޮށް ހާޒިރުވާ މުއައްޒަފުންނަށް އެވޯރޑުދީ މަސައްކަތްކުރުމުގައި ފުރިހަމަ މިސާލެއްގެ ގޮތުގައި ދައްކާތަން ފެނިގެން ދެއެވެ. ޤަވާއިދުން ވަޒީފާއަށް ހާޒިރުވުމަކީ މުހިއްމު ކަމެކެވެ. އެހެންނަމަވެސް ސަލާމް ނުވަތަ ޗުއްޓީ މުހިއްމުވާ ވަގުތު އެ ހައްގުގެ ބޭނުންވެސް ކުރަން ޖެހެއެވެ. ކުރީގެ ލީޑާރޝިޕު ވިސްނުން ތަކުގައި ވަޒީފާއަށް އަށް ހާޒިރުވާ ދުވަހުގެ އަދާދާއި މަސައްކަތުގެ ފެންވަރާ އަޅުވައިކީ ކަމުގައި ވިޔަސް ފަހުގެ ދިރާސާ ތަކުން ފެންނަ ހަޤީޤަތަކީ 100 އިން ސައްތަ ހާޒިރީ ފާހަގަ ކުރުން އިންސާފުވެރި ނޫން ކަމެވެ. އެއީ މުއަޒަފުންގެ ދުޅަހެޔޮ ކަމާ ބީރައްޓެހި މާޒީގެ ވިސްނުމެއް ކަމެވެ. އެހެންކަމުން މިހާގެ ދިރިއުޅުމުގެ ހުރިހާ ހަޤީޤަތަކީ ފެއަށް ޖެހި ގަދަކަމުން ވަޒީފާއަށް ހާޒިރުވާން މަޖުބޫރުވުމުގެ ސަބަބުން ނަފުސާނީ ދުޅަހެޔޮ ކަމާއި، އާއިލީ ޒިންމާތަކާއި، މަސައްކަތަށް އަސްލު ދޭންޖެހޭ ސަމާލުކަންނުދެވި ނަފުސާނީ އަދި ޖިސްމާނި ބަލިމަޑު ކަމަކާ ދިމާލަށް މީހާ ދަތުރު ކުރަން ފަށައެވެ.
ހާޒިރީގެ 100 އިން ސއްތަ ފާހަގަ ކުރުމާ އަޅުގަނޑު ހިޔާލު ތާފާތުވުމުން އަބަދުވެސް ވަރަށް ގިނަ ސުވާލު އަޅުގަނޑާ ކުރިމަތި ވެއެވެ. އެހެންކަމުން ފެނަނަން ހުރި ބައެއް ދިރާސާތަކުގެ އަލީގައި އެސުވާލުތަކަށް ޖަވަބު ދެވޭތޯ ބަލާނަމެވެ.
އެއްވެސް ޝައްކެއް ނެތް ގޮތުގައި ކޮންމެ މުއައްޒަފަކުވެސް މަސައްކަތައް އަންނަނީ ތަފަތު ޒިންމަތަކާއި ދިރިއުޅުމުގެ ތަފާތު ހާލަތްތަކާ އެކުއެވެ. ނެޝަނަލް ޔުނިވަރސިޓީ އޮފް ސިންގަޕޫރުން 2024 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، މުވައްޒަފުންނަށް އެންމެ އާންމުކޮށް ވަޒީފާއަށް ނުނިކުމެވޭ ސަބަބު ތަކަކީ އާއިލީ ޒިންމާ، އާއިލާއިން ލިބެންވާ އެއްބާރުލުން އެންމެ ރަނގަޅަށް ނުލިބުމާއި އެމީހުންނާއި އެމީހުން ޒިންމާނަގަން ޖެހޭ މީހުންނަށް ދިމާވާ ސިއްހީ މައްސަލަތަކެވެ. އެއީ ވަޒީފާއަށް ފަރުވާކުޑަ ވުމުގެ ސަބަބުން ވާކަމެއް ނޫނެވެ. "ކާންޓް ގޯ ޓު ވާރކް ޓުމޯރޯ" މި ނަމުގައި ކުރެވުނު މިދިރާސާއިން ފާހަގަ ކޮށްފައިވާ ގޮތުގައި މުވައްޒަފުންނަކީ ވަޒީފާއަށް ވަރަށް ބޮޑަށް ސަމާލުކަން ދީގެން މަސައްކަތް ކުރާމީހުން ކަމުގައި ވިޔަސް އާއިލާގެ ޒިންމާ ބުރަ މުވައްޒަފުން ސަލާމް ބުނުމާއި ޗުއްޓީ ގިނައިން ނެގުމުގެ ފުރުސަތު ބޮޑެވެ.
މާނައަކީ، 100 އިން ސައްތަ ހާޒިރީ ފާހަގަ ކުރުމަކީ، އާއިލީ ޒިންމާ ކުޑަ ދިރިއުޅުމުގައި ފަސޭހަތަކެއް ހުރި މީހުންނަށް ބޭއިޙުތިޔާރުގައި އިނާމު ދިނުމާއި، ދިރިއުޅުމާއި މަސައްކަތް ހަމަހަމަ ކުރަން ހަގީގަތުގައި މަސައްކަތް ކުރާމީހުންނަށް އަދަބު ދިނުމެވެ. މިހާލަތުގައި އިނާމު ނުލިބުނު މުއައްޒަފާއި އަދަބު ލިބުނު މުއައްޒަފު ވަޒީފާއަށް ދޭ ސަމާލުކަމާއި ނެރޭ ނަތީޖާ ހަމަހަމަ ކަމުގައިވެސް ވެދާނެއެވެ. ނަމަވެސް، އެކަކަށް ކޮންޓްރޯލް ނުކުރެވޭ ހާލަތެއްގެ ސަބަބުން ޗުއްޓީ ނަގަން ޖެހޭތީ އަދަބު ލިބުނީއެވެ. ރަނގަޅު މަސައްކަތުގެ މާހައުލުތަކުން މިތަފާތު ދެނެގަނެ ހަޒިރީއަށް ވުރެ ކުރެވޭ މަސައްކަތުގެ ނަތީޖާއަށް އިސްކަން ދިނުން މުހިއްމެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނާ ގޮތުގައި މުވައްޒަފުންގެ އަމިއްލަ ހާލަތްތަކަށް ސަމާލުކަން ނުދޭ މަސައްކަތުގެ މާހައުލުތަކުގައި ސްޓްރެސް އާއި ބަރންއައުޓް އަދި ދިގު މުއަދަތައް އުފެއްދުންތެރިކަން ދައްވުން ފަދަ ކަންކަން އިތުރުވެއެވެ (ޑަބްލިޔުއެޗްއޯ 2020). މިއިންވެސް އެނގިގެން ދަނީ ހާޒިރީއިން ފެންނަ ނަމްބަރު ތަކަކީ ވަޒީފާއަށް ދޭ ސަމާލުކަމުގެ ނިޝާނެއްނޫން ކަމެވެ. ބައެއް ފަހަރު ސިއްހަތަށް، ރައްކާތެރިކަމަށް، ނުވަތަ އާއިލީ ޒިންމާ ތަކަށްޓަކައި އެމީހަކަށް ހައްޤު ސަލާމް ނުވަތަ ޗުއްޓީ ނެގުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އަދި މިކަމާ ސުވާލު ކުރުމަކީ ނުވަތަ އަދަބު ދިނުމަކީ މުވައްޒަފުންގެ ހިތްވަރަށާއި މަސައްކަތް ކުރުމުގެ ފެނަވަރަށް އަސަރު ކުރާނެ ކަންތަކެވެ.
އެއްވެސް ޝައްކެތް ނެތް ގޮތުގައި ޗުއްޓީ އަކީ މަސައްކަތުގެ މާހައުލުގައި ލިބިދޭ ޤާނޫނީ ހައްޤެކެވެ. އެފަދައިން ބަލިވުމުން ސަލާމުގެ ޗުއްޓީ، އާއިލީ ޒިންމާ ޗުއްޓީ، ކުއްލި ހާލަތުގެ ޗުއްޓީ އަދި އަހަރީ ޗުއްޓީ ފަދަ އެކި ނަންނަމުގައި ޗުއްޓީނެގުމުގެ ގާނޫނީ ހައްޤު މުވައްޒަފުންނަށް ލިބިދީފައި ވާނީ ކޮންމެވެސް ހިކުމަތެއް އޭގައިވާތީ ކަމާމެދަކު ޝައްކެއްނެތެވެ. އެހެންކަމުން މިހައްޤު ބޭނުން ކުރުމުގު ސަބަބުން އަދަބު ދިނުން ނުވަތަ ނުކުރާތީ އިނާމު ދިނުމަކީ ބޭއިޚުތިޔާރުގައި ދިރިއުޅުމުގައި އެންމެ ފަސޭހަގޮތްނޫން ގޮތްތައް މެދުވެރިވެފައިވާ މުވައްޒަފުން ލަދުގަނެ އެކަމުގެ ސަބަބުން އެ މުވައްޒަފަށް ތަފާތު ގެއްލުންތައް ވާނެ ކަމަށް ބެލެވިދާނެއެވެ. އޭރުން އެދެވޭ މެސެޖަކީ ތި މުވައްޒަފު ޗުއްޓީނަގާނަމަ އެއީ ކަނޑައެޅިގެން ރަނަގަޅު ސަބަބަކަށް ނަމަވެސް ތި މުވައްޒަފުގެ އަގު އެހެން މުވައްޒަފުންނަށްވުރެ ދަށްކަމެވެ. މީގެ ސަބަބުން ޤާނޫނީ ގޮތުން ލިބިދީފައިވާ ހައްޤެއް ބޭނުންކުރުމަށް ބިރުގަނެ ކުށުގެ އިހުސާސް ކުރެވެއެވެ. އެއްވެސް މުވައްޒަފަކަށް އެމީހުންގެ ވަޒީފާއިން އަމިއްލަ ސިއްޙަތާ ދެމެދު ވަކިކަމެއް އިހުތިޔާރު ކުރަން ޖެހިގެން ނުވާނެއެވެ.
ބަދަލުގައި ފާހަގަ ކުރަންވީ ކޮންކަމެއްބާވައެވެ؟ ފާހަގަ ކުރަންވީ ވަޒީފާއަށް ދޭ ސަމާލުކަމެވެ. ސަމާލުކަން ދޭންވީ ދިރިއުޅުމުގައި ދަތިތަކެއް ހުރި ކަމުގައި ވިޔަސް ހިތްވަރާއެކު މަސައްކަތައް އައިސް ނަތީޖާ ނެރޭ މުވައްޒަފުގެ އަގު ވަޒަންކުރާށެވެ. ޤަބޫލު ކުރަންވީ އިންސާފުވެރިކަމުގެ މާނައަކީ ކޮންމެ މީހަކަށް އެއްގޮތަކަށް މުޢާމަލާތް ކުރުން ނޫންކަމެވެ. އޭގެ މާނައަކީ މީހުންގެ ހާލަތްތައް ތަފާތުކަން ދަނެގަތުމެވެ. ނެޝަނަލް ކޮލެޖު އޮފު ސިންގަޕޯރ އިން ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި އުސޫލުތައް ހަދަން ޖެހޭނީ މުވައްޒަފުންގެ ހާލަތާއި އިހުސާސްތަކަށް ރިއާއަތްކޮށް މުވައްޒަފުންގެ ހަޤީޤީ ދިރިއުޅުމަށް ސަމާލުކަން ދީގެންނެވެ. އެހެންވެއްޖެނަމަ ވަޒީފާގެ މާހައުލުގައި އެ މުވައްޒަފުން ނެރޭ ނަތީޖާ ރަނގަޅު ވުމުގެ އިތުރުން އަމިއްލަ ދިރުއުޅުން ކާމިޔާބު ވުމަށް ވެސް ބާރަކަށް ވެއެވެ.


advertisment
ހިޔާލު