ޕްރޮފެޝަނަލް ޚަޠީބް ޕްރޮގްރާމް ނިންމި 36 ކައުންސިލަރުންނަށް އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ދީފިއެވެ.
ޕްރޮގްރާމް ފުރިހަމަ ކުރި ކައުންސިލަރުންނަށް ސެޓްފިކެޓް ދިނުން އޮތީ ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.
އިސްލާމީ މިނިސްޓްރީން ބުނީ، ބައެއް ރަށްރަށުގައި ޚުޠުބާ ކިޔާ މީހުން ލިބުމުގައި އޮތް ދަތިކަން ފިލުވުމަށް ކައުސިލަރުންގެ ތެރެއިން ޤާބިލުކަން ހުރި ފަރާތްތަކަށް ޚުތުބާ ކިއުމުގެ ހުއްދަ ދިނުމަށް ފުރަތަމަ ފަހަރަށް މިނިސްޓްރީން ހިންގި ޕްރޮފެޝަނަލް ޚަޠީބް ޕްރޮގްރާމް ނިންމައި މިރޭ ވަނީ ގިނަ ބޭފުޅުންތަކަކަށް ހުއްދަ ދީފައިވާ ކަމަށާއި އެ ޕްރޮގްރާމް ނިންމި ފަރާތްތަކުގެ ތެރެއިން ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން 36 ފަރާތަކަށް ވަނީ ޚުޠުބާ ކިއުމުގެ ހުއްދައާއި ކަށުކަމާކެމީގެ ކަންކަން ކުރުމުގެ ހުއްދަ ދީފައި ކަމަށެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެފައި ވަނީ، އިދާރީ ގޮތުން ރަށުގެ ކަންކަން ހިންގުމާއެކު، އިމާމުވެ ހުކުރު ކުރުން ފަދަ ދީނީ ކަންކަންކަން ވެސް އިސްވެ ކުރުމުގެ ޤާބިލުކަން ހުރި ލީޑަރުން ރަށުގެ ވެރިންނަށް ތިބުން އިސްލާމީ މުޖުތަމަޢެއްގައި ބޭނުންތެރިކަމަށެވެ.


advertisment
ހިޔާލު