ރިސަރޗް ކުރަން ނެޝަނަލް ރިސަރޗް ފަންޑުންދޭ މާލީ އެހީއަށް އެދެން ހުޅުވާލައިފި

ނެޝަނަލް ރިސަރޗް ފަންޑް (އެން.އާރު.އެފް) ގެ ދަށުން 'އިމަރޖިން ރިސަރޗް ގްރާންޓްސް' (އެންއާރް.އެފްއީއާރުޖީ) އަށް ރިސަރޗް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު، ރިސަރޗް ގްރާންޓް މެނޭޖަރސް މެދުވެރިކޮށް މިއަދު ހުޅުވާލައިފިއެވެ.

ނެޝަނަލް ރިސަރޗް ފަންޑްގެ ރިސަރޗް ގްރާންޓް މެނޭޖަރސްގެ ގޮތުގައި ހަރަކާތްތެރިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަ ރސިޓީ އަދި ވިލާ ކޮލެޖް އެވެ. މި ތިން އިންސްޓިޓިއުޝަންއިން މި ގްރާންޓްތަކަށް ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިގަނެ، އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. މި ގްރާންޓް ސްކީމްގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ދިރާސާކުރުމަށް ހިތްވަރުދީ، ޤައުމީ ފެންވަރުގައި ރިސަރޗްގެ ޤާބިލްކަން އިތުރުކުރުމެވެ.

މި ގްރާންޓް ފަންޑުގެ ސަބަބުން، އިލްމީ ދިރާސާކުރުމަށް މާލީ އެހީތެރިކަން ލިބި، އަދި އައު ދިރާސާވެރިން ބިނާކުރެވި، ޤައުމުގެ މުސްތަޤްބަލަށް ބޭނުންވާ ދިރާސާކުރެވޭނެއެވެ.

މި ގްރާންޓްތަކުގެ ދަށުން ފަންޑުކުރެވޭނީ ޤައުމީ ތަރައްޤީއަށް މުހިންމުކަމަށް ކަނޑައަޅާފައިވާ ތިރީގައި ވާ މައިގަނޑު ދާއިރާތަކުގެ ދިރާސާތަކަށެވެ:

• ގަވަނަންސް، ސޭފްޓީ އެންޑް ވެލް ބީންގް

• އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސަސްޓައިނަބިލިޓީ

• ޑިޖިޓަލް ޓްރާންސްފޮމޭޝަން އެންޑް އިނޮވޭޝަން

• ގްރީން އެޖެންޑާ

ރިސަރޗް ގްރާންޓް މެނޭޖަރސްގެ ގޮތުގައި ހަރަކާތްތެރިވާ ތިން އިންސްޓިޓިއުޝަންއިން ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައަޅާފައިވާ ސުންގަޑިތައް ތިރީގައި މިވަނީއެވެ.

• ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓ: 31 ޖެނުއަރީ 2026

• ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާރސިޓީ: 7 ޑިސެންބަރު 2025

• ވިލާ ކޮލެޖް: 30 ޑިސެންބަރު 2025

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *