އަދަބީ ފޯވަހި އަކުރިސްގެ ނަމުގައި މިއަހަރު ކުރިއަށް ގެންދިޔަ އެ ސްކޫލުގެ ހަތާވީސްވަނަ ދިވެހި އަދަބީ ފޯވަހި ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

އެހެން އަހަރުތަކާ ޚިލާފަށް ޖުމުލަ 4 މުބާރާތެއްގައި ސްކޫލުގެ ހުރިހާ ދަރިވަރުނަށް ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި 4 މުބާރާތުގައި ޖުމުލަ 962 ފުރުސަތުގެ ބޭނުން ކޮށްފައިވާ ކަމަށް އެ ސްކޫލުން މައުލޫމާތުދެއްވައެވެ. މިގޮތުން ސްޓޭޖު ހަރަކާތްތަކުގެ ގޮތުގައި ގެންދިޔަ ދެ މުބާރާތްކަމަށްވާ ރައިވަރު ކިޔުމުގައި 196 ދަރިވަރުން ވާދަކޮށްފައިވެއެވެ. މީގެ އިތުރުން ކުލާސްތަކުގެ ވާދައިގައި ސްކޫލުގެ ހުރިހާ 39 ކުލާހުން 636 ދަރިވަރުން ބައިވެރިވެފައިވެއެވެ. މީގެއިތުރުން، އަތުލިޔުން ރީތިކުރުމަށް ބާރު އެޅުމުގެ ގޮތުން ކުރިއަށް ގެންދިޔަ ރަސްމީތާނައިން ލިޔުމާއި އަވަސްތާނައިން ލިޔުމުގެ މުބާރާތުގައި 100ދަރިވަރުން ވާދަކޮށްފައިވާ އިރު، ގްރޭޑް 9އިން މަތީގެ ދަރިވަރުންނަށް ހުޅުވާލި ބޮޑުއަކުރުން ލިޔުމުގެ މުބާރާތުގައި 30 ދަރިވަރުން ވާދަކޮށްފައިވާ ކަމަށް އެ ސްކޫލުން މައުލޫމާތު ދެއްވައެވެ.

މީގެއިތުރުން، އެ ފޯވަހީގައިވަނީ ސްކޫލުގެ ބެލެނިވެރިންނަށް ޚާއްޞަކޮށް ވަޒަންބަހުރުވައިން ޑުރާމާ ހުށަހެޅުމުގެ މުބާރާތެއް ވެސް ކުރިއަށް ގެންގޮސްވައެވެ. އެ މުބާރާތުގައި އެ ސްކޫލުގެ ބެލެނިވެރިން ބަހައިލެވިފައިވާ ވިލިތަކުން ވާދަކޮށް ފުރިހަމަ ހުށަހެޅުންތަކެއް ހުށަހަޅައިދިން ކަމަށް އެ ސްކޫލުން މައުލޫމާތު ދެއްވިއެވެ. އެ ހުށަހެޅުންތަކުން އެއްވަނަ ހޯދާފައިވަނީ އަންބަރު ވިލިންނެވެ. ދެވަނަ ހޯދާފައިވަނީ އެންދެރި ވިއްޔެވެ. 3ވަނަ ހޯދާފައިވަނީ ރެނދަން ވިއްޔެވެ.

އިހަވަންދޫ ސްކޫލަކީ ދަރިވަރުންގެ އިތުރުން ބެލެނިވެރިންނާއި މުދައްރިސުންނަށް ވެސް އަދަބީ ހަރަކާތްތައް އިންތިޒާމީ ހަމަތަކެއްގެ މަތިން ރާވާ ހިންގާ ސްކޫލެކެވެ. މީގެއިތުރުން، ޤައުމީ ފެންވަރުގައި ބާއްވާ އަދަބީ ހަރަކާތްތަކުން ވެސް ފާހަގަކޮށްލެވޭ ރަންވަނަ ތަކެއް ހޯދަމުންދާ ބަހާއި އަދަބިއްޔާތަށް ލޯބިކުރާ ދަރިވަރުންނާއި ބެލެނިވެރިން އުޅޭ ސްކޫލެއްކަން ފާހަގަކޮށްލެވެއެވެ.
advertisment
ހިޔާލު