ޗައިނާއިން ދޭ 20 ސްކޮލަރޝިޕަށް ހުޅުވާލައިފި

11 ޕީއެޗްޑީ، 7 މާސްޓަރސް 2 ބެޗްލަރސް ޑިގްރީ

ޗައިނާއިން ދޭ 20 ސްކޮލަޝިޕަށް ހުޅުވާލައިފިއެވެ.

ޗައިނާއިން ދޭ ސްކޮލަރޝިޕް ތެރޭގައި މި ފަހަރު ހިމެނެނީ 11 ޕީއެޗްޑީއާއި 7 މާސްޓަރސް އާއި ދެ ބެޗްލަރސް ޑިގްރީއެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ކުރި އިއުލާނުގައި ބުނެފައިވާގޮތުގައި ސްކޮލަރޝިޕްގެ ފުރުޞަތުތައް ބަހާލާފައިވަނީ ދެ ބަޔަކަށެވެ. އެއީ ޗައިނާގައި އަލަށް ކިޔަވަން ފަށާ ދިވެހި ދަރިވަރުންނަށް ފަސް ފުރުސަތާއި މިހާރު ވެސް އެ ގައުމުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް 15 ފުރުސަތެވެ.

އިއުލާނުގައިވާ ޝަރުތުތަކުގައިވާ ގޮތުން، ބެޗެލާސްއަށް ކުރިމަތިލެވޭނީ އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް 25 އަހަރުވެފައިނުވާ ނަމައެވެ. މާސްޓާސް އަށް ކިޔަވަން ކުރިމަތިލެވޭނީ އަންނަ ފެބްރުއަރީގެ ނިޔަލަށް 35 އަހަރު ނުފުރޭ ނަމައެވެ. އަދި ޕީއެޗްޑީއަށް ކުރިމަތިލެވޭނީ ފެބްރުއަރީގެ ނިޔަލަށް 40 އަހަރު ނުވާ ނަމައެވެ.

މި ސްކޯލަޝިޕްތަކަށް އެދި އޮންލައިންކޮށް އެޕްލިކޭޝަންތައް އަންނަ ޖެނުއަރީ މަހުގެ 14ވަނަ ދުވަހުގެ މެންދުރު 2:00 ކުރިން ހުށައަޅައި، ހާޑްކޮޕީ 15ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން ހުށައަޅަން ޖެހެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *