ކެނދިކުޅުދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރުންނަށް ނަހުދާ އާއި ސައިފުﷲ

ނ. ކެނދިކުޅުދޫ ސްކޫލުން ފާއިތުވި ދިރާސީ އަހަރު އެންމެ މޮޅު ދަރިވަރުންނަށް ނަހުދާ މުހައްދާއި ސައުފުއްﷲ ހާޝިމް ހޮވައިފިއެވެ.

ސައިފުއްﷲ އަށް އެއްވަނަ ލިބުނީ ސާނަވީންނެވެ. މަތީ ސާނަވީން އެއްވަނަ ލިބުނީ ނަހުދާ އަށެވެ.

ކެނދިކުޅުދޫ ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ، ނ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް އަބްދުﷲ އީސާއެވެ.

ސާނަވީން އެއްވަނަ ހޯދި ސައިފުއްﷲއަށް އޯލެވެލްގައި ލިބުނީ ޤައުމީ ގަދަ ދިހައެއްގެ ހަތް ވަނައެވެ. މަތީ ސާނަވީން އެއްވަނަ ހޯދި ނަހުދާއަށް އޭލެވެލްގައި ލިބުނީ ޤައުމީ ގަދަ ދިހައެއްގެ އަށް ވަނައެވެ.

ކެނދިކުޅުދޫ ސްކޫލުގައި 444 ދަރިވަރުން ފައުންޑޭޝަނުން ފެށިގެން ގުރޭޑް 12އާ ހަމައަށް ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *