ޑިޒައިން އެންޑް ބިލްޑް އުސޫލުން ސީއެޗްއެސްއީ މާލެގެ އެނެކްސް ބިލްޑިންގ އިމާރާތްކުރާނެ ބަޔަކު ހޯދަނީ

ޑިޒައިން އެންޑް ބިލްޑް އުސޫލުން މާލެ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަންގެ އެނެކްސް ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތް  ކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިޢުލާން ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީ ކުރި އިޢުލާނުގައި ބުނެފައިވާ ގޮތުގައި، ބީލަމުގައި ބައިވެރިވުމަށް  500 ރުފިޔާ ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭނެއެވެ. ބިޑްސެކިޔުރިޓީގެ ގޮތުގައި 228,600ރ ހުށަހަޅަން ޖެހޭނެއެވެ.

ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފަވަނީ 20 ނޮވެންބަރު 2025ވާ ބުރާސްފަތި ދުވަހުގެ 10:00:00ގައި އޮންލައިންކޮށެވެ. ޕްރީބިޑް ބައްދަލުވުމުގެ އިތުރު މައުލޫމާތު ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެވެ. ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް 27 ނޮވެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00:00ގެ  ކުރިންނެވެ. އަދި މިޕްރޮޖެކްޓުގެ ބިޑު ހުޅުވުން އޮންނާނީ  27 ނޮވެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00:00 ގައެވެ.

ބީލަން ޕޯޓަލް މެދުވެރިކޮށް ބީލަން ހުށަހެޅޭނީ ބީލަން ޕޯޓަލްއަށް ރަޖިސްޓަރީވާ ފަރާތްތަކަށެވެ. މި މަސައްކަތަށް ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚުގެ މަދުވެގެން 3 (ތިނެއް) ދުވަސް ކުރިން ބީލަން ޕޯޓަލް ރަޖިސްޓަރޭޝަން ފުރިހަމަ ކުރައްވަންވާނެއެވެ. ބީލަންޕޯޓަލް މެދުވެރިކޮށް ބިޑު ހުށަހެޅުމުގައި ޢަމަލު ކުރަން ޖެހޭ ގޮތުގެ ގައިޑެއް ބީލަން (ޕޯޓަލް) އިން ލިބެން ހުންނާނެއެވެ. އަދި އެ ގައިޑްގައިވާ މަޢުލޫމާތާ އެއްގޮތަށް ބިޑު ހުށަހެޅުމުގެ އެންމެހައި ކަންކަން ފުރިހަމަ ކުރުމަކީ ބިޑު ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ބިޑު ފިޔަވައި އެހެން އެއްވެސް ބިޑެއް ބަލައެއް ނުގަނެވޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *