މަޢުމޫން ފައުންޑޭޝަނުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގައި މާސްޓަރސްއަށް ކިޔަވަން ދިން ސްކޮލަރޝިޕް ޙައްވާ ރުޚްސާނާ، ވީނަސްއަލި، ލ. ގަން އަށް މިއަދު ހަވާލުކޮށްފިއެވެ.
ސްކޮލަރޝިޕްގެ ދަށުން ރުޙްސާނާ ކިޔަވާނީ މާސްޓަރސް އޮފް އާޓްސް އިން ޤުރްއާނިކް ސައިންސެވެ.
ރުޚްސާނާއަށް ސްކޮލަރޝިޕް ލިޔުން ހަވާލުކޮށްދެއްވީ މަޢުމޫން ފައުންޑޭޝަންގެ ވައިސް ޗެއަރމަން ފާރިޝް މަޢުމޫނެވެ.
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައި މާސްޓަރސްއަށް ކިޔަވަން ތިން ސްކޮލަރޝިޕްގެ ފުރުޞަތަށް މައުމޫން ފައުންޑޭޝަނުން ހުޅުވާލީ މިދިޔަ މަހުއެވެ. އެ ފައުންޑޭޝަނުން ބުނެފައިވާ ގޮތުގައި، ސްކޮލަރޝިޕަށް ހުޅުވާލީ ތިން ދާއިރާއަކުންނެވެ. އެއީ، މާސްޓަރސް އޮފް ފިޤްޙާއި މާސްޓަރސް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން އާއި މާސްޓަރސް އޮފް އާޓްސް އިން ޤުރްއާނިކް ސައިންސެވެ.
މި ސްކޮލަރޝިޕަށް ދަރިވަރުން ހޮވީ އިސްލާމީ ޔުނިވަރސިޓީންނެވެ. ސްކޮލަރޝިޕަށް ޚަރަދު ކުރަނީ މައުމޫން ފައުންޑޭޝަނުންނެވެ.
މަޢުމޫން ފައުންޑޭޝަން އުފެއްދީ 2010 ވަނަ އަހަރުއެވެ. މިވި 15 އަހަރުގެ ތެރޭގައި 30 ފަރާތަކަށް ސްކޮލަރޝިޕް ދީފައިވެއެވެ.


advertisment
ހިޔާލު