ތާޖުއްދީން ސްކޫލުގެ ޕީޓީއޭއިން އިންތިޒާމްކޮށްގެން ބާއްވާ "ތާޖު ޕީޓީއޭ ފެއަރ" މިރޭ ފަށާނެއެވެ.
ތާޖުއްދީނު ސްކޫލުގައި ކުރިއަށް ގެންދާ މި ފެއަރ މިރޭގެ އިތުރުން ދެން ކުރިއަށް ގެންދާނީ ހޮނިހިރު ދުވަހުގެ ހަވީރު 4:00ން ފެށިގެން އެރޭ 8:00 އަށެވެ. ފެއަރއަށް ވަނުމުގެ އަގަކީ 20ރ އެވެ.
ތާޖުއްދީން ސްކޫލުން ބުނީ، މި ފެއަރގައި ތަފާތު ސްޓޯލްތަކާއި ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވެސް ކުރިއަށް ދާނެ ކަމަށެވެ. އެގޮތުން، ޕީއެސް 5 ކުޅުމާއި ބައިސްކަލް ބުރާއި ބިރުވެރިހޮހަޅައާއި ކަރޯކޭ އާއި ނެށުމާއި ބަބްލް ބޯލް ފައިޓިންގ ގަދަ ކުދިންނާއި އާއިލާއާއެކު މަޖާ ވަގުތުކޮޅެއް ހެދާކުރެވޭނެ ފަދަ ހަރަކާތްތައް ކުރިއަށް ދާނެ ކަމަށެވެ. އަދި ކެންޓީނުގެ ޚިދުމަތުގެ އިތުރުން ތަކެތި އަގުހެޔޮކޮށް ވިއްކާ ޚާއްޞަ ބާޒާރެއް ވެސް ފެއަރގެ ތެރެއިން ކުރިއަށް ދާނެ ކަމަށެވެ.
ކޮންމެ ދަންފަޅިއެއްގައި ވެސް ޚާއްޞަ ލަކީޑްރޯއެއް ނަގައި އިނާމްވެސް ދޭނެ ކަމަށް ތާޖުއްދީނު ސްކޫލުން ބުނެއެވެ.
މި ފެއަރގައި އިސްޓޭޖް ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދާނެއެވެ. ސްޓޭޖް ހަރަކާތަކުގެ ތެރޭގައި އެމްއެންޔޫގެ ސްޓޫޑެންޓް ޔޫނިއަންއާއި ހޭވައްލާ ބޮޑުބެރު ގުރޫޕްގެ ހަރަކާތްތަކާއި ރޯބޯމެންއާއި ސްޓޭޖް ޝޯވ އާއި ބޭންޑް ހަރަކާތްތައް ވެސް ކުރިއަށް ދާނެއެވެ.
މިއީ، އެ ސްކޫލުގައި ޕީޓީއޭއިން ހިންގާ ހަރަކާތްތަކަށް ފައިސާ ހޯދަން ހިންގާ ހަރަކާތެކެވެ.
advertisment
ހިޔާލު