އެމްއެންޔޫއިން ހިންގާ މީޑިއާ އާއި ގުޅުންހުރި ކޯސްތަކުގެ ފީގެ ވަކި ނިސްބަތެއް އިންފޮމޭޝަން މިނިސްޓްރީން ދައްކައިދެނީ

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓް އާއި ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް އާދަމެވެ. ޔޫތް އިންފޮމޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، އެ މިނިސްޓަރު އިބްރާހިމް ވަހީދެވެ. މި ރަސްމިއްޔާތުގައި އެމްއެންޔޫގެ ޗާންސެލަރ ޑރ.މަޙްމޫދު ޝައުގީ އާއި އެމްއެންޔޫގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުމުގެ ސަބަބުން ދިވެހި ޒުވާނުން ބާރުވެރިކުރުވުމާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ކުރިއެރުވުމަށް ބޭނުންވާ ފެންވަރު ރަނގަޅު ޕްރޮގްރާމްތައް ހިންގުމުގައި އެމްއެންޔޫގެ ތަޖުރިބާ އާއި ވަސީލަތްތައް ހިއްސާ ކުރާނެ އެވެ.

މި ޕާޓްނަރޝިޕްގެ ސަބަބުން ޤައުމީ ތަރައްޤީއަށް ބޭނުންވާ ތަޢުލީމާއި، ތަމްރީނުތަކާއި، ޤާބިލުކަން އިތުރުކޮށް، ޤައުމީ ތަރައްޤީ ކުރިއެރުމާއި މީޑިއާގެ ދާއިރާއިން ޕްރޮފެޝަނަލް ފެންވަރު މަތިކުރުމަށް ބޭނުންވާ ފެންވަރު ރަނގަޅު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި އެމްއެންޔޫގެ ތަޖުރިބާ އާއި މުއައްސަސާގެ ވަސީލަތްތައް ހިއްސާ ކުރާނެ އެވެ.

މި އެއްބަސްވުމުގެ ދަށުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) ގެ މިންގަނޑުތަކަށް ފެތޭ ޕްރޮގްރާމްތައް ރާވައި ކުރިއަށް ގެންދަން އިންފޮމޭޝަން މިނިސްޓްރީއަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ތަމްރީނު ޕްރޮގްރާމްތަކާއި ޖޮބް ލާނިން ސެޝަންތަކަށް ކޮލިފިކޭޝަން ޓްރެއިނަރުން ހަމަޖައްސައިދޭނެއެވެ.

މި އެއްބަސްވުމުގެ ދަށުން، އެމްއެންޔޫއިން ހިންގާ މީޑިއާއާ ގުޅުން ހުރި ޕްރޮގްރާމްތަކުގެ ފީގެ ބައެއް ކަވަރުކޮށް، ޚާއްޞަކޮށް މީޑިއާ އަދި އާޓްސްއާ ގުޅުންހުރި ކޯސްތަކަށް ބައިވެރިވުމަށް ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

ދެ ފަރާތުން ގުޅިގެން ކުރިއަށް ގެންދާ މަސައްކަތުގެ މަޤްޞަދަކީ ދިވެހި ޒުވާނުންނަށް ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށް އެމްއެންޔޫއިން ބުނެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ ޒުވާނުން ބާރުވެރިކުރުވުމާއި، އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމުގެ ލަނޑުދަނޑިތައް ޙާޞިލުކޮށް، ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އެމްއެންޔޫއިން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *