ޅެންވެރިޔާ އައްލާމާ އިޤްބާލް ދުވަސް، ޤައުމީ ޔުނިވަރސިޓީއާއި ޕާކިސްތާން ހައިކޮމިޝަން ގުޅިގެން ފާހަގަކޮށްފިއެވެ.
އިޤްބާލު ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ނޮވެމްބަރު މަހުގެ 9 ވަނަ ދުވަސް ފާހަގަކުރަނީ، ފަލްސަފާވެރި ޅެންވެރިޔާ ޑޮކްޓަރ ޢަލާމާ މުޙައްމަދު އިޤްބާލްގެ ޙަޔާތާއި ޅެންވެރިކަމާއި ތަޞައްވުރުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. ޢައްލާމާ މުޙައްމަދު އިޤްބާލަކީ ޕާކިސްތާނާއި މުސްލިމް ދުނިޔޭގެ އަދަބީ އަދި ޢިލްމީ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް ޝަޚްޞިއްޔަތެވެ. އޭނާގެ ފަލްސަފާގެ ފުން ވިސްނުމާއި ޅެންވެރިކަމުގެ ހުނަރުގެ ސަބަބުން އުރުދޫ އަދި ފާރިސީ އަދަބިއްޔާތު މުއްސަނދި ކުރުމުގެ އިތުރުން، އަމިއްލަ ނަފްސު ދެނެގަތުމާއި، އެއްބައިވަންތަކަމާއި، ކުރިއެރުން ހޯދުމަށް ޖީލުތަކަށް ހިތްވަރު ލިބިގެން ދިޔައެވެ. އިޤްބާލްގެ ވިސްނުންފުޅުތަކަކީ މުސްލިމް މިނިވަން ދައުލަތެއް އުފެއްދުމަށް ކުރި މަސައްކަތުގެ ފިކުރީ ބިންގާ ބައްޓަން ކުރުމުގައި މުހިންމު ދައުރެއް އަދާކުރި ތަސައްވުރެކެވެ.

އެމްއެންޔޫގައި ކުރިއަށް ގެންދިޔަ އިޤްބާލުގެ ހަނދާނީ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި، ތަޤްރީރުތަކާއި، ޅެން ކިޔެވުމާއި، ތަޢުލީމީ ދާއިރާއާއި، ޘަޤާފަތާއި، ބައިނަލްއަޤްވާމީ ފިކުރުގެ ރޮނގުން ޑރ. އިޤްބާލްގެ ޙަޔާތްޕުޅުން ފެނިގެންފައިވާ ކާމިޔާބީތަކުގެ މައްޗަށް އެކި ބޭފުޅުން ވާހަކަދައްކަވާފައިވެއެވެ.

އިޤްބާލްގެ ފަލްސަފާއިން އެއްޤައުމު އަނެއް ޤައުމަށް އިޙްތިރާމް ކުރެއްވުމުގެ ފަލްސަފާގެ މައްޗަށް ބިނާކުރައްވައި، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި ޘަޤާފީ އަދި ތަޢުލީމީ ގޮތުން ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އެ ބޭފުޅުން ބައްލަވާލައްވާފައިވެއެވެ. މި ހަނދާނީ ހަރަކާތަކީ ދަރިވަރުންނާއި މުޖުތަމައުގެ މެމްބަރުންނަށް ދަރިވަރުންނާއި މުޖުތަމައުގެ މެމްބަރުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ޤައުމީ ޔުނިވަރސިޓީން ފާހަގަކުރެއެވެ.

އެމްއެންޔޫއަށް ކުރިއަށް ގެންދާ މުހިންމު ޕްރޮޖެކްޓްތަކަށް ޕާކިސްތާނު ސަރުކާރުން މިހާރު ވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
advertisment
ހިޔާލު