މަތީ ދަރަޖައިގެ އިނާމް، ޕީއެޗްޑީ ޙާޞިލް ކުރެއްވި އަށް ބޭފުޅަކު ހިމެނިވަޑައިގަންނަވާހެން 33 ބޭފުޅަކަށް

ޕީއެޗްޑީ ހާޞިލް ކުރެއްވި އަށް ބޭފުޅަކު ހިމެނިވަޑައިގަންނަވާހެން 33 ބޭފުޅަކަށް މަތީ ދަރަޖައިގެ އިނާމް ސަރުކާރުން ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވާ ގޮތުގައި، މަތީ ދަރަޖައިގެ އިނާމަށް ހުށައެޅި 90 ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވީ 33 ބޭފުޅެކެވެ. މީގެ ތެރޭގައި ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 10 ގެ ސަނަދެއް ހާސިލްކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލްކުރެއްވި އަށް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 10 ގެ ސަނަދެއް ހާސިލްކުރުމުގައި އެންމެ މަތީ ވަނައެއް ހޯއްދަވައިގެން މަތީ ދަރަޖައިގެ އިނާމް ލިބިވަޑައިގެންނެވި ބޭފުޅުންނަކީ:

ޑރ. މަމްދޫޙާ އިސްމާއިލް

ޑރ. އައިޝަތު ސެލްނާ

ޑރ. ފާޠިމަތު މުނާ

ޑރ. އަޙްމަދު ޢަލީ ޖަލީލު

ޑރ، ޢަބްދުއްލަޠީފު ޢަލީ

ޑރ. ޒަހުރާ މުޙައްމަދު

ޑރ. މުޙައްމަދު ޔަމާއި

ޑރ. އާމިނަތު ސުދާ

ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ނުވަތަ ލެވަލް 8 ގެ ނުވަތަ ލެވަލް 9 ގެ ސަނަދެއް ހާސިލް ކުރުމުގައި އެންމެ މަތީ ވަނަ ހޯދައިގެން އިނާމް ހާޞިލް ކުރެއްވީ 23 ބޭފުޅަކެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަގުވާމީ މިނޫންވެސް މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވައިގެން އިނާމު ހާސިލު ކުރެއްވި 2 ބޭފުޅުންނަށް ވެސް އިނާމް ދެއްވިއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *