11 ދާއިރާއަކުން ޑިގްރީއަށް ސައުދީގައި ކިޔަވަން 318 ސްކޮލަރޝިޕް

ވަރަ އެކްސްޕޯގައި ހުރި ސައުދީ އެމްބަސީގެ ސްޓޯލުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް މައުލޫމާތު ދެއްވަނީ: ސްކޮލަރޝިޕްތަކާ ބެހޭ ގިނަ މައުލޫމާތެއް އެ ސްޓޯލުން ދަނީ ފޯރުކޮށްދެމުން. މީގެ ތެރޭގައި މި އަހަރު ހުޅުވާލި 300 އަށްވުރެ ގިނަ ސްކޮލަރޝިޕްގެ މައުލޫމާތުމާތު ވެސް ހިމެނޭ.- ފޮޓޯ: ރައީސް އޮފީސް

ސައުދީ އަރަބިއްޔާގައި ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ދިވެހިންނަށް ހުޅުވާލައިފިއެވެ.

ސައުދީ އެމްބަސީން ހުޅުވާލީ، 11 ދާއިރާއަކުން 300 ސްކޮލަރޝިލަށެވެ. މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމުފެ ފުރުޞަތު ދީފައި ވަނީ ފިރިހެނުންނަށެވެ. ސްކޮލަރަޝިޕަށް ކުރިމަތިލުމަށް ދީފައި ވަނީ ދެ ހަފްތާގެ މުއްދަތެކެވެ.

ސައުދީ ސަރުކާރުން ކޮންމެ އަހަރަކު ވެސް ސްކޮލަރޝިޕް ދޭއިރު، މި އަހަރު ހުޅުވާލި ސްލޮލަރޝިޕްގެ ތެރޭގައި ރާއްޖޭގައި ޤާއިމް ކޮށްފައިވާ އިމާމް ޔުނިވާސިޓީ ކެމްޕަހުގައި ހިލޭ ޑިޕްލޮމާ ފުރިހަމަ ކުރުމުގެ ފުރުޞަތުވެސް ހިމެނެއެވެ.

އެ ކެމްޕަހުގައި ކުރިއަށް ގެންދަނީ ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އަރަބިބަހުގެ ކޯސްތަކެވެ.

ޑިގްރީއަށް ކިޔަވަން ސައުދީން ހުޅުވާލި ދާއިރާތަކަކީ:

ބިޒްނަސް މެނޭޖްމަންޓް

މީޑިއާއާ ގުޅުން ހުރި ދާއިރާތައް

ކޮމްޕިއުޓާ ސައިންސް ސްޓަޑީޒް

ލޯ ސައިންސް

އެޑިއުކޭޝަނަލް ސްޕެޝަލިޓީސް

ސޯޝަލް ސައިންސަސް

ދަނޑުވެރިކަން

އިކޮނޮމިކް އަދި ޕޮލިޓިކަލް ސްޓަޑީޒް

އިންޖީނިއަރިން މޭޖާ

އިސްލާމިކް ފީލްޑް ސްޓަޑީޒް

އަރަބިކް ސްޓަޑީޒް އަދި ބޭރުގެ އެހެން ބަސްތަކާ ގުޅުން ހުރި ދާއިރާތައް.

މި ސޮކޮލަރޝިޕްގެ ދަށުން ހުރިހާ ޚަރަދެއް ވެސް ހަމަޖައްސާނީ ސައުދީ ސަރުކާރުންނެވެ.

ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު 100 ޔުނިވަރސިޓީގެ ތެރޭގައި ސައުދީގެ 27 ޔުނިވަރސިޓީ އެއް، މަތީ ތަޢުލީމުދޭ މަރުޒަކުތައް ވަޒަންކުރާ ކުންފުންޏެއްކަމަށްވާ "ކިއު އެސް" އިން 2023 ވަނަ އަހަރު އެކުލަވާލި ލިސްޓްގައި ހިމަނާފައި ވެއެވެ. އެ ލިސްޓްގައި ހިމެނޭ ޔުނިވަރސިޓީ ތަކުގެ ތެރޭގައި ކިންގް ޢަބްދުލްޢަޒީޒް ޔުނިވާސިޓީއި، ކިންގް ފަހުދު ޔުނިވާސިޓީ އޮފް ޕްޓްރޯލިއަމް އެންޑް މިނެރަލްސް އާއި، ކިންގް ޢަބްދުﷲ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއާއި، އިމާމް ޢަބްދުއްރަޙްމާން ބިން ފައިޞަލް ޔުނިވާސިޓީ ހިމެނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *