އައިޔޫއެމްއިން 541 ދަރިވަރުން ދަސްވެނިވެއްޖެ

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން 541 ދަރިވަރުން ދަސްވެނިވެއްޖެއެވެ. މި ދަރިވަރުން ދަސްވެނިވުމުގެ ރަސްމިއްޔާތު އޮތީ ރޭ އެ ޔުނިވަރސިޓީގައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރެވެ.

އިސްލާމިކް ޔުނިވަރސިޓީން ރޭ ދަސްވެނިވި ދަރިވަރުންގެ ތެރޭގައި ހިމެނެނީ، ސެޓްފިކެޓް ލެވެލްގެ ކޯސްތަކުން ދަސްވެނިވި 352 ދަރިވަރުންނާއި ޑިޕްލޮމާ ކޯސްތަކުން ދަސްވެނިވި 12 ދަރިވަރުންނާއި ބެޗްލަރސް ޑިގްރީ ފުރިހަމަ ކުރި 86 ދަރިވަރުންނާއި ޕޯސްޓްގުރެޖުއޭޓް ޑިޕްލޮމާ ފުރިހަމަ ކުރި ދެ ދަރިވަރުންގެ އިތުރުން މާސްޓަރސް ފުރިހަމަ ކުރި 89 ދަރިވަރުންނެވެ.

މި ދަރިވަރުންގެ ތެރޭގައި ހިމެނެނީ 394 އަންހެން ދަރިވަރުންނާއި 147 ފިރިހެން ދަރިވަރުންނެވެ.

އެންމެ ގިނަ ދަރިވަރުން ދަސްވެނިވި ކުއްލިއްޔާ އޮފް އަރަބިކް ލޭންގުއޭޖުން 172 ދަރިވަރުން ދަސްވެނިވެފައިވެއެވެ. ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނަތުން 133 ދަރިވަރުން ދަސްވެނިވެފައިވެއެވެ. ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލޮޖް އެންޑް ހިއުމަން ސައިންސްއިން 87 ދަރިވަރުން ދަސްވެނިވިއިރު، ކުއްލިއްޔާ އޮފް އެޑިޔުކޭޝަނުން 83 ދަރިވަރުން ދަސްވެނިވިއެވެ. ދެން ހިމެނެނީ ސެންޓަރ ފޯރ ކޮންޓިނިއުއިންގ އެޑިޔުކޭޝަނުން ދަސްވެނިވި 31 ދަރިވަރުންނާއި ކުއްލިއްޔާ އޮފް އިކޮނޮމިކް އެންޑް މެނޭޖްމަންޓް ސްޓަޑީޒުން ދަސްވެނިވި 26 ދަރިވަރުންނާއި ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯ އިން ދަސްވެނިވި 9 ދަރިވަރުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *