އުނގޫފާރުގައި އެމްއެންޔޫގެ ވަގުތީ ކެމްޕަހެއް ޤާއިމް ކުރަން ކައުންސިލާއެކު އެއްބަސްވުމެއް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަގުތީ ކެމްޕަހެއް ހިންގަން ރ. އުނގޫފާރު ކައުންސިލާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިއަދު ހެނދުނު އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތުގައި އެ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒު އާދަމެވެ. އުނގޫފާރު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދެވެ.

މި ފަހުމުނާގެ ދަށުން އެމްއެންޔޫއިން ހިންގާ ކޯސްތައް އުނގޫފާރުގައި ހިންގަން ބޭނުންވާ އިމާރާތް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޭނެއެވެ.

މީގެ އަހަރު ތަކެއް ކުރިން ވެސް އެމްއެންޔޫގެ އައުޓް ރީޗް ކެމްޕަހެއް ޤާއިމްކޮށް، އެ ޔުނިވަރސިޓީގެ ކޯސްތައް އުނގޫފާރުގައި ހިންގާފައިވެއެވެ.

ނަރުހުން ތަމްރީނު ކުރަން، ނަރުހުންގެ ލެބެއް ވެސް އެ ރަށުން ކައުންސިލުގެ ފަރާތުން މީގެ އަހަރުތަކެއް ކުރިން އިމާރާތްކޮށްފައިވެއެވެ.

ވައިސް ޗާންސެލަރު ޑރ. ޝެހެނާޒު ވިދާޅުވީ، އުނގޫފާރުގައި ޤާއިމްކުރާ އައުޓް ރީޗް ކެމްޕަހުގައި އެ ޔުނިވަރސިޓީން ހިންގާ ކޯސްތައް ހިންގުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށެވެ.

އުނގޫފާރު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ، އެ ކައުންސިލުން އުއްމީދު ކުރަނީ އަންނަ އަހަރުގެ ތެރޭގައި މަދުވެގެން ތިން ކޯސް ފެށޭނެ ކަމަށެވެ. އެއީ ނަރުހުންނާއި މުދައްރިސުންގެ އިތުރުން އަތޮޅުގެ ކައުންސިލްތަކަށް ބޭނުންވާ ކޮމްޕިއުޓަރ ޓެކްނީޝަނުން ތަމްރީނުން ފަދަ ކޯސްތަކެވެ..

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *