ދެވަނަ ޓާމުން ފެށިގެން އެ ސްކޫލުގެ ދަރިވަރުން ކިޔަވާނީ ދަރުމަވަންތަ ސްކޫލުގައި
އިމާރާތުގައި ރެނދުލައި، ދަރިވަރުންގެ ސަލާމަތަށް ނުރައްކާ ވުމާ ގުޅިގެން އިއްޒުއްދީން ސްކޫލުގެ ދަރިވަރުން ދަރުމަވަންތަ ސްކޫލަށް ބަދަލުކުރަން އެޑިޔުކޭޝަން މިނިސްޓްރީން އޮތީ ނިންމާފައެވެ. އެ ބަލާއެކު އިއްޒުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާދިރާ ހަސަން ދަރުމަވަންތަ ސްކޫލުގެ ޕްރިންސިޕަލަކަށް ހަމަޖެއްސެވީ މި މަހުގެ އެއްވަނަ ދުވަހުއެވެ.
ފުރަތަމަ ޓާމުގެ ކިޔެވުން ނިމި، ދަރިވަރުންނަށް ފޯމް މިއަދު ދޫކުރިއިރު، އެ ދަރިވަރުން އިއްޒުއްދީނުގައި ހޭދަ ކުރާ އެންމެ ފަހު ދުވަހަކީ މިއަދެވެ. ދަރިވަރުންނާއެކު ދަރުމަވަންތައަށް އެ ސްކޫލުގެ ހުރިހާ މުދައްރިސުންވެސް ބަދަލުވާނެއެވެ.
2020ގައި އިއްޒުއްދީން ސްކޫލް ހުޅުވީ އެއް ދަންފަޅިއަށް މާލޭގެ ސަރަހައްދުގައި ހިންގަން ފެށި ނަމޫނާ ސްކޫލެއްގެ ގޮތުގައެވެ. ހަޤީޤީ މާނައިގައި އެއް ދަންފަޅީގެ ސްކޫލެއްގެ ގޮތުގައެވެ. ގުރޭޑް 6ން ކިޔެވުން ފަށާއި އެ ސްކޫލުގެ ދަރިވަރުން އޯލެވެލްގައި އަންނަ އަހަރު އިށީންނަން ދިޔައީ ތައްޔާރު ވަމުންނެވެ. އިއްޒުއްދީނުގެ އާބާދީއަކީ 602 ދަރިވަރުންނެވެ. އޭގެ ތެރެއިން ދަރުމަވަންތަ ފިޔަވައި އެހެން ސްކޫލްތަކަށް ބަދަލުވާން ދިން ފުރުޞަތުގައި 40 ދަރިވަރުން މާލޭގެ އެހެން ސްކޫލްތަކަށް ބަދަލުވާނެއެވެ.
ހިޔާލު