2026 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ފަށާ 68 ކޯހަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.
އެ ޔުނިވަރސިޓީން ހުޅުވާލި ކޯސްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ 13:00 އެވެ.
މިއަދު އެ ޔުނިވަރސިޓީން އިޢުލާންކޮށްކުރި ކޯސްތަކުގެ ތެރޭގައި ޕީއެޗްޑީ ލެވެލްގެ ތިން ކޯހަކާއި މާސްޓަރސް ލެވެލްގެ 17 ކޯހަކާއި ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ އެއް ކޯހާއި، ބެޗްލަރސް ލެވެލްގެ 15 ކޯހަކާއި އެސޯސިއޭޓް ޑިގްރީ އެއް ކޯހާއި ޑިޕްލޮމާގެ 11 ކޯހެއްގެ އިތުރުން ސެޓްފިކެޓް ލެވެލް ގެ 20 ކޯހެއް ހިމެނެއެވެ.
ހުޅުވާލެވިފައިވާ ފުރުޞަތުތަކުގެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ޤުރްއާނާއި ޙަދީޘް ، ޝަރީޢާ އެންޑް ލޯ ފިޤްހް، އިސްލާމިކް ސްޓަޑީޒް، އިމާމްޝިޕް، ލޭންގު އެޖް، އެޑިޔުކޭޝަން، ކައުންސެލިންގ، ފައިނޭންސް ، އެކައުންޓިންގ، ލީޑަރޝިޕް އެންޑް
އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް އަދި ޖަރނަލިޒަމް ގެ އެކި ކޯސްތައް ހިމެނެއެވެ. 2026 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި އައިޔޫއެމްގެ ކޯސްތައް ރ. އުގޫފާރު، ޅ. ނައިފަރު ލ. ފޮނަދޫ ގދ. ތިނަދޫ ފުވައްމުލައް ސިޓީ ގެ އިތުރުން އައްޑޫ ސިޓީ މީދޫ ގައި ޤާއިމު ކުރެވިފައިވާ އައިޔޫއެމްގެ ލާރނިންގ ސެންޓަރުތަކުގައި ކޯސްތައް ކުރިއަށްދާނެކަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބުނެއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ޔުނިވަރސިޓީގެ ލާރނިންގ ސެންޓަރުތަކުގައި ހިންގާ ޑިގްރީ ފެންވަރުގެ ހުރިހާ ކޯސްތަކަކީ ވެސް ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ތެރެއިން ޓިއުޝަންފީ ހިލޭ ކޯސްތަކެވެ.
އިސްލާމިކް ޔުނިވަރސިޓީން ބުނެފައިވާ ގޮތުގައި، މީގެ އިތުރުން ޔުނިވަރސިޓީގެ ބައެއް ކޯސްތަކުގައި އޮންލައިން އަދި ބްލެންޑަޑް ކޮށް ކިޔެވޭނެ ކަމަށެވެ.
އިސްލާމިކް ޔުނިވަރސިޓީ ޔުނިވަރސިޓީގެ ކޯސްތަކަށް ވަންނަން ހުށައަޅާ ފޯމު، އެ ޔުނިވަރސިޓީގެ ރިސެޕްޝަނުންނާއި ރ. އުގޫފާރު އައިޔޫއެމް ލާރނިންގ ސެންޓަރ (އުގޫފާރު އިސްލާމީ މަރުކަޒު)، ޅ. ނައިފަރު އައިޔޫއެމް ލާރނިންގ ސެންޓަރ (ކުރީގެ ނޫރާނީ ޕްރީ- ސްކޫލް (، ލ. ފޮނަދޫ އައިޔޫއެމް ލާރނިންގ ސެންޓަރަށް) ލ.ފޮނަދޫ – ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް(، އައިޔޫއެމް ލާރނިންގ ސެންޓަރ، އައިޔޫއެމް ލާރނިންގ ސެންޓަރ (ތިނަދޫ ސިޓީ – އިސްލާމީ މަރުކަޒު)، ފުވައްމުލަކު ސިޓީ (ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް)، އައްޑޫ ސިޓީ މީދޫ – ޝަމްސުއްދީން ލާރނިންގ ސެންޓަރުން ލިބެން ހުންނާނެ ކަމަށާއި އަދި މީގެ އިތުރުން ޔުނިވަރސިޓީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.
ހިޔާލު