ސީއެޗްއެސްއީ މާލެ ގައި ކިޔަވަން ފެށީ 404 ދަރިވަރުންނާއެކު

އޭލެވެލްގެ ކިޔެވުން މިއަދު ފެށިއިރު، ސީއެޗްއެސްއީ މާލެގައި ކިޔެވުން ފެށީ 404 ދަރިވަރުންނާއެކުގައެވެ.

ސީއެޗްއެސްއީ މާލެ ސްކޫލުން ވަނީ އެ ސްކޫލުގެ ދަރިވަރުންނަށް މަރުޙަބާ ކިޔުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފައެވެ.

މާލޭގައި ކުރިން ސީއެޗްއެސްއީ ހިންގި އިމާރާތުގައި އެ ސްކޫލުގެ ކިޔެވުން ފެށީ ބޮޑު މަރާމާތަކަށްފަހުއެވެ. ޕްރިންސިޕަލަކީ ދަރުމަވަންތަ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ދީދީ (ޑީޑީ)އެވެ. ޑެޕިއުޓީ ޕްރިންސިޕަލުންނަކީ އައިޝަތު އަބީރާއާއި އަޙްމަދު މުޖާހިދެވެ.

ސީއެޗްއެސްސީ މާލެއަށް ބޭނުންވާ ޓީޗަރުން ހަމަވެފައިވާއިރު އޭގެ ތެރޭގައި ގިނައީ ސީއެޗްއެސްއީ ހުޅުމާލޭގައި ކިޔަވައިދެއްވަމުން ގެންދިޔަ ތަޖުރިބާކާރު ޓީޗަރުންނެވެ.

ގުރޭޑް 11ގެ ކިޔެވުން ފަށާއިރު، މި އަހަރު އާ ހަތަރު މާއްދާ ވެސް އެ ދެ ސްކޫލުގައި ކިޔަވައިދޭނެއެވެ. އެއީ މެރިން ބައޮލޮޖީއާއި ސައިކޮލޮޖީއާއި ޓްރެވަލް އެންޑް ޓޫރިޒަމާއި ކޮންޕިއުޓަރ ސައިންސެވެ.

ސީއެޗްއެސްއީން ބުނީ މިއަދުން ފެށިގެން އޮރިއެންޓޭޝަން ސެޝަންތައް ކުރިއަށް ގެންދާނެ ކަމަށާއި ކިޔެވައި ދިނުން ކުރިއަށް ގެންދާނީ މި މަހު 15އިން ފެށިގެންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *