ފާދިއްޕޮޅު އިންޓަރ ސްކޫލް ފުޓްބޯޅައާއި ހޭންޑްބޯޅަ މުބާރާތް ބުރާސްފަތި ދުވަހު ފަށަނީ

ފާދިއްޕޮޅު އިންޓަރ ސްކޫލް ފުޓްބޯޅައާއި ހޭންޑްބޯޅަ މުބާރާތް ބުރާސްފަތި ދުވަހު ފަށާ ގޮތަށް ނިންމައިފިއެވެ.

ފިރިހެން ދަރިވަރުންނަށް ފުޓްބޯޅަ އަންހެން ދަރިވަރުންނަށް ހޭންޑް ބޯޅަ ހިމެނޭ މި މުބާރާތުގައި ބައިވެރިވެފައި ވަނީ އެ އަތޮޅުގެ ހަތަރު ސްކޫލުންނެވެ. އެއީ ހިންނަވަރުގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒާއި ނައިފަރުގައި ހުންނަ މަދަރަސަތުލް އިފްތިތާޙުއާއި ކުރެންދޫގައި ހުންނަ އަތޮޅު  މަދަރުސާއާއި އަދި އޮޅުވެލިފުށި ސްކޫލުންނެވެ.

މި ދެ މުބާރާތުގެ މެޗްތައް ދުވާލާއި ރޭގަނޑު ކުޅޭއިރު، ހަވީރު ކުޅޭނީ ފުޓްބޯޅަ މުބާރާތެވެ. ރޭގަނޑު ކުޅޭނީ ހޭންޑް ބޯޅައެވެ.

މި އަހަރު މި މުބާރާތް ބާއްވަނީ ހިންނަވަރުގައެވެ. މުބާރާތް އިންތިޒާމް ކުރަނި ހިންނަވަރު ކައުންސިލުންނެވެ. މުބާރާތުގެ ފައިނަލް މެޗް ކުޅެން ތާވަލުކޮށްފައި ވަނީ ޖުލައި މަހުގެ 10 ވަނަ ދުވަހާއި އެ ރޭ ގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *