އެކްސްޗޭންޖް ޕްރޮގްރާމުގެ ދަށުން އިމާދުއްދީނުގެ ފަސް ދަރިވަރުން އިންޑިޔާއަށް

އެކްސްޗޭންޖް ޕްރޮގްރާމުގެ ދަށުން އިމާދުއްދީން ސްކޫލުގެ ގުރޭޑް 9ގައި ކިޔަވަމުންދާ ފަސް ދަރިވަރުން އިންޑިޔާއަށް ހިނގެއްޖެއެވެ. މިއީ އިންޑިޔާގެ މައިޕީގުއާ ގުޅިގެން އިމާދުއްދީން ސްކޫލުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ދަށުން އިންޑިޔާއަށް ދިޔަ ޓީމުގައި އިމާދުއްދީނުގެ ދެ އޮފިޝަލުން ވެސް ހިމެނެއެވެ.

އިމާދުއްދީނުން ބުނީ، މި ދަތުރުގައި ބެންގަލޫރުގެ ތިން ސްކޫލަށް އެ ސްކޫލުގެ ދަރިވަރުން ޒިޔާރަތްކޮށް، އެ ސްކޫލުގެ ކަންތައްތައް ރޭވިފައި ހުންނަ ގޮތް ބަލައި، މައުލޫމާތު ހޯދާނެ ކަމަށެވެ.

އިމާދުއްދީނުން ބުނީ ސިލްސިލާކޮށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ރާއްޖެއާއި އިންޑިޔާގައި ވެސް ކުރިއަށް ދާނެ ކަމަށެވެ.

އިންޑިޔާގެ އަކާޝް އިންޓަރނޭޝަނަލް ސްކޫލުގެ ހަތަރު ދަރިވަރަކު ވެސް އެކްސްޗޭންޖް ޕްރޮގްރާމުގެ ދަށުން ރާއްޖެއައިސް އިމާދުއްދީން ސްކޫލާ ގުޅިގެން މަސައްކަތް ކޮށްފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *