ދެ ވަނަ ޓާމުގެ ކިޔެވުން މިއަދު ފެށިއިރު، ފުރަތަމަ ޓާމުގެ ނަތީޖާއާ މެދު ބައެއް ބެލެނިވެރިންގެ ކަންބޮޑުވުން އޮވެދާނެއެވެ. ފުރަތަމަ ޓާމުގައި ލިބުނު ނަތީޖާއަށްވުރެ ރަނގަޅު ނަތީޖާއެއް ދެ ވަނަ ޓާމުގައި ދަރިފުޅު ހޯދުމަކީ އެއީ ކޮންމެ ބެލެނިވެރިއެއްގެ ވެސް އުއްމީދަކަށް ވާނެއެވެ. ކިޔަވާ ހުރިހާ ކުދިންނަށް ޓިއުޝަން މުހިންމު ނުވިޔަސް، އިތުރަށް އޮޅުން ފިލުވުމާއި ކިޔެވުމުގައި އިތުރު އެހީ ހޯދަން ބޭނުންވާ ދަރިވަރުންނަށް ޓިއުޝަން މުހިންމު ވެއެވެ. އެހެންވެ ދަރިފުޅު ޓިއުޝަނަށް ފޮނުވަނީ ބެލެނިވެރިންގެ އެ އުއްމީދުގައި ކުލަޖެއްސުމުގެ ބޭނުމުގައެވެ.
ޓިއުޝަންދޭށޭ ކިޔާފައި ކޮންމެ ކޮންމެ ތަނަކަށް ދަރިފުޅު ފޮނުވުމަކީ އެއީ ކަމުދާ ގޮތެއް ނޫނެވެ. ޓިއުޝަނަށް ފޮނުވުމުގެ ކުރިން ވިސްނަން ޖެހޭ ގިނަ ކަންތައްތަކެއް ހުރެއެވެ. އެންމެ މުހިންމު ކަމަކީ ޓިއުޝަނަށް ފޮނުވާ ތަނުގައި ކިޔަވައިދިނުމަށް އެންމެ އެކަށޭނެ މާހައުލެއް އޮތްކަން ޔަޤީން ކުރުމެވެ. ދެން ކިޔަވައިދޭ ޓީޗަރުންގެ ފެންވަރު ވަޒަން ކުރުމެވެ. އަތުން ބައިވަރު ފައިސާތަކެއް ޚަރަދު ކޮށްފައި ކިޔަވަން ދަރިފުޅު ތަނަކަށް ދޫކޮށްލާއިރު، ގިނަ ފަހަރަށް މި ކަންތައްތަކަށް ސަމާލުކަމެއް ނުދެވެއެވެ. ސަމާލުކަން ނުދެވުމުގެ ސަބަބުން ކިޔެވުމުގައި އެކަށީގެންވާ ކުރިއެރުމެއް ދަރިފުޅަށް ނުލިބި، ނޭދެވޭ ކަންތައްތަކެއްގެ ތެރެއަށް ދަރިފުޅު ވެއްޓޭތަން އާދެއެވެ.

ޓިއުޝަނަށް ފޮނުވުމުގެ ކުރިން އެ ފޮނުވާ ޓިއުޝަން ކުލާހުގައި ކިޔަވަމުންދާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންގެ އިތުރުން އެތަނުން ކުރިން ކިޔެވި ދަރިވަރުންގެ " ފީޑްބެކް" ހޯދުމަކީ އެއީ ކުރަން ވަރަށް ރަނގަޅު ކަމެކެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފުލެޓްގެ ދެވަނަ ޓަވަރު( އޮރެންޓް ޓަވަރު )ގެ ތިރީގައި ހުންނަ މިޒާ އިންސްޓިޓިއުޓްގެ އެންމެ ބޮޑު ކުރިއެރުމަކީ ވެސް ދަރިވަރުންނަށް ދެވޭ ޓިއުޝަނުގެ ފެންވަރު އެއް ފެންވަރެއްގައި ހިފެހެއްޓުމެވެ. އެކަން ކުރަން އެކަށީގެންވާ މާހައުލެއް އިންސްޓިޓިއުޓުން ދަރިވަރުންނަށް ހޯދާ ދީފައިވެއެވެ. ކުލާސްރޫމްތައް އޭސީކޮށް، ސްމާޓް ޓީވީ ބަހައްޓައި، ކެމެރާ ހަރުކޮށް، ކުލާސްރޫމްތަކުގެ ޖާގަ ވަކި މިންގަނޑެއްގައި ހިފަހައްޓައެވެ. އޭގެ ސަބަބުން ނޭދެވޭ ކަމެއް ހިނގުމުގެ ފުރުޞަތު ކުޑަވެއެވެ. އަދި ކަމެއް ހިނގާ ފަހަރެއްގައި ފަސޭހައިން އެކަމެއް ބަލާލެވެއެވެ. އަވަސް ފިޔަވަޅުތަކެއް އަޅަން މަގުފަހިވެއެވެ. މިޒާ އިންސްޓިޓިއުޓާ މެދު ދަރިވަރުންނާއި ބެލެނިވެރިން ދެކެނީ " ފަހި ފުރުސަތެއް" ގެ ގޮތުގައެވެ. އިތުރު އެހީ ބޭނުންވާ ދަރިވަރުންނަށް އަޅައި ދިން ބިންގަލެއްގެ ގޮތުގައެވެ.

މިޒާ އިންސްޓިޓިއުޓުގައި، ކޮންމެ މާއްދާއަކަށް ވެސް ކިޔަވައި ދޭން ތިބީ ކިޔަވައިދިނުމުގެ އެތައް އަހަރެއްވީ ތަޖުރިބާކާރުންނެވެ. އެންމެ ޚާއްޞަ ކަމަކީ އެތަނުގައި ކިޔަވައިދޭން ތިބި ޓީޗަރުންނަކީ އެތަނަށް ޚާއްޞަ، ޓީޗަރުންނަށް ވާތީއެވެ.
" މިޒާ އިންސްޓިޓިއުޓްގެ ތަފާތަކީ، ޑެޑިކޭޝަންއާއެކު ނަތީޖާ ނެރެދޭން ޓީޗަރުން ކޮށްދޭ މަސައްކަތް" ބެލެނިވެރިޔާގެ އެ ޖަވާބު ކުރުވެފައި ސާދާއެވެ.
ގުރޭޑް 1ން12އަށް ޓިއުޝަންދޭ މިޒާ އިންސްޓިޓިއުޓްގެ ސަޅި ތަންކޮޅަކީ ގުރޭޑް ނުވައެއްގެ ދަރިވަރުންނަށް ޓެސްޓް ކައިރިވާއިރަށް، އިތުރު އަގަކާ ނުލައި އިތުރު ކުލާސްތަކެއް ނަގައިދޭތީއެވެ. މިއާއެކު ކޮންމެ ހުކުރު ދުވަހެއްގައި ގުރޭޑް 10ގައި ކިޔަވާ ކުދިންނަށް އިތުރު ކުލާސްތައް ނަގައިދެއެވެ.

" ކުދިންގެ ކުރިއެރުމަށް ވިސްނާތީ، އިތުރު ކުލާސްތައް ބާއްވައި ދެނީ. ފައިސާއަށްވުރެ ބޮޑަށް ދެވޭ ޚިދުމަތެއްގެ ގޮތުގައި އެކަން ކުރާ ކަމުގެ ފީލް ވަނީ" އެހެން ބެލެނިވެރިއަކު ބުންޏެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ހުންނަ މި އިންސްޓިއުޓުން ޓިއުޝަން ހޯދަން މާލެއިން 30އަށްވުރެ ގިނަ ކުދިން ކޮންމެ ދުވަހަކުހެން ދެއެވެ. އެއީ ވެސް އެ ތަނުގެ އިތުބާރު ޔަޤީންކޮށްދޭ ކަމެކެވެ.
" ބައެއްފަހަރު ފީލްވޭ ސްކޫލްގައި ނުކޮށްދޭ މަސައްކަތް ކޮށްދޭކަން. ވޯކްޝީޓް ދޭ، އޮޅުންފިލަންދެން ބުނެދޭ. ޚާއްޞަކޮށް ޓީޗަރުންގެ ޑެޑިކޭޝަން ފާހަގަކުރެވޭ" ސީއެޗްއެސްއީގައި ކިޔަވަމުންދާ ދަރިވަރަކު ބުންޏެވެ.
މިއަދު އެތައް ސަތޭކަ ދަރިވަރުންނެއް މިޒާގެ ހިޔާވަހި ކަމުގެ ދަށުން ޓިއުޝަން ނަގަމުން ގެންދެއެވެ. މިޒާ އިންސްޓިޓިއުޓުން ޑިއުޝަން ނަގަން ބޭނުންވާ ދަރިވަރުންނަށް އިތުރު މައުލޫމާތު 7333535 ނުވަތަ 7770953 މި ނަންބަރުން ސާފުވާނެއެވެ. ފޭސްބުކް ޕޭޖް: Miza Institute ޒިޔާރަތްކޮށް ލުމުން ވެސް ކުރިން ނޭނގޭ އެތައް މައުލޫމާތެއް ލިބޭނެއެވެ.
ނޯޓް: މިއީ މިޒާ އިންސްޓިޓިއުޓުގެ އެޑިޓޯރިއަލް އާޓިކަލެކެއެވެ.
advertisment
ހިޔާލު